ށ. އަތޮޅު މަރޮށިން ޑިންގީއެއްގައި ނުކުތް ހަތަރު މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.
އެ މީހުން ހޯދުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން އެރަށު ކައުންސިލުން ވަނީ ހަރަކާތްތެެރިވެފަ އެވެ.
ޑިންގީއެއްގައި ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔައީ 18 އަހަރުން ދަށުގެ ދެ ކުދިންނާއި 18 އަހަރުން މަތީގެ ދެ މީހުން ކަމަށް އެރަށުން މަޢުލޫމާތު ދިން މީހެއް ބުންޏެވެ.
ހޯދަމުން ދަނިކޮށް އެ މީހުން ފެނިފައި ވަނީ އެރަށް ކައިރިންނެވެ. ފެނުނު އިރު އޭގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅެވެ.





