ޚިޔާލު ފާޅުކޮށްގެން، އެއްވެސް މީހަކަށް އަދަބުދީ ފިޔަވަޅު އަޅައިގެން ނުވާނެ: އަލީ ހުސެއިން

ޚިޔާލު ފާޅުކޮށްގެން، އެއްވެސް މީހަކަށް އަދަބުދީ ފިޔަވަޅު އަޅައިގެން ނުވާނެ: އަލީ ހުސެއިން

ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅު ކުރުމުގެ ހައްގުގެ ބޭނުން ކުރުމަކީ ކޮންމެ މީހަކަވެސް ލިބިފައިވާ ހައްގެއް ކަމަށާއި، އެހައްގުގެ ބޭނުން ކުރުމުގެ ފިޔަވަޅު އަޅައި އަބަދު ދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ޚިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުންކޮށް، ބައެއް ބޭފުޅުން ފާޅު ކުރަމުންދާ ޚިޔާލުތަކާއި ގުޅިގެން މަޤާމުތަކުން ވަކިކޮށް، އެކި ފިޔަވަޅު އަޅަމުންދާތީ އަލީ ހުސެއިން ވިދާޅުވީ ޤާނޫނީ އިމުގެ ތެރެއިން ލިބިގެންވާ ހައްގެއްގެ ބޭނުން ކުރުމުން އެއްވެސް މީހަކާއިމެދު ފިޔަވަޅު އެޅުގެން ނުވާނެކަމަށެވެ. އެއްވެސް މުއައްސަސާއަކީ ވަކި މީހެއްގެ ނުރަނގަޅު ނުފޫޒުގެ ދަށުގައި އޮވެގެންވާނެ މުއައްސަސާއަކަށްވެސް ވެގެން ނުވާނެކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން 27 ވަނަ މާއްދާގެ އިމުގެ ތެރޭގައި ބޭނުންކޮށްގެން އެއްވެސް މީހަކަށް އަދަބުދީ ފިޔަވަޅު އަޅައިގެން ނުވާނެ. ވަކިބައެއްގެ ނުރަނގަޅު ނުފޫޒުގެ ދަށުގައި މުއައްސަސާތައް އޮތުން ބަލައެއް ނުގަނެވޭނެ.

– އަލީ ހުސެއިން ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.

ޚިޔާލުފާޅު ކުރުމާއި، އެއްވެ އުޅުމާއި، މުޒާހަރާ ކުރުމަކީ މިސަރުކާރުން ތައްމިނަށް ހުޅުވާލާނެ ކަންތައްތަކެއް ކަމަށްވެރިކަމަށް އައުމުގެ ކުރިން އަޑަށް ބާރުލާފައި ވިދާޅުވިނަމަވެސް ވެރިކަމަށް އައުމަށްފަހު މިސަރުކާރު ވެގެން ގޮސްފައިވަނީ މިހައްގުތައް އެންމެ ބޮޑަށް ހަނިކުރަން މަސައްކަތް ކުރާ ސަރުކާރުގެ ގޮތުގައެވެ. ޚިޔާލުފާޅު ކުރުމުގެ ހައްގުގެ ބޭނުން ކުރުމުގެ ސަބަބުން ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލުވެސް ވަނީ ވަޒީރުކަމުގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކޮށްފައެވެ.

ޚިޔާލުފާޅު ކުުރުމުގެ މިނިވަންކަމާއި ދެކޮޅަށް މިސަރުކާރުން ހިންގާ ކަންތައްތަކާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ ފާޑުވިދާޅުވަމުންނެވެ. އޭގެ ތެރޭގައި މިސަރުކާރު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރި މީހުންވެސް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *