ސަރުކާރު އިޤްތިޞާދީ ލޮކްޑައުންއަކަށް ފޮނުވާލުމަކީ މަޖިލީހަށް ކުރެވިގެންވާނެ ކަމެއްނޫން: ޝަރީފް

ސަރުކާރު އިޤްތިޞާދީ ލޮކްޑައުންއަކަށް ފޮނުވާލުމަކީ މަޖިލީހަށް ކުރެވިގެންވާނެ ކަމެއްނޫން: ޝަރީފް

ސަރުކާރު އިޤްތިޞާދީ ލޮކްޑައުންއަކަށް ފޮނުވާލުމަކީ މަޖިލީހަށް ކުރެވިގެންވާނެ ކަމެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ބަލިމަޑިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަމުން އައިގަތުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި، މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ސަރުކާރުގެ ދަރަނި ނެގޭގޮތަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވާ މައްސަލަ މަޖިލީހުން ބޭރުކޮށް ލުމާއި ގުޅިގެން ޝަރީފް ވިދާޅުވީ މިއީ ވަރަށް ދެރަކޮށް މަޖިލީހުން ކޮށްފައިވާ ކަމެއްކަމަށެވެ. އަދި މިއަދަކީ މަޖިލީހުގެ ތާރީހުގައި ކަޅު ދުވަހެއްގެ ގޮތުގައި ޝަރީފް ވަނީ ސިފަ ކުރައްވާފައެވެ.

ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އެއް އަހަރު ދުވަހަށް ރައްޔިތުންގެ މުސާރައާއި އަސާސީ ޚިދުމަތް ފޯރުކޯށް ދިނުމަށްޓަކައި ދައުލަތުގެ ޚަރަދަށް ޒިންމާ ވުމުގެ ޤާނޫނުގެ މާއްދާއަކަށް އަމަލު ކުރުން ފަސް ކުރުމަށް ހުށަހެޅި ނަމަވެސް އެކަން މަޖިލިސް ކޮމިޓީއަކަށް ފޮނުވަންވެސް އަދި ފްލޯއިންވެސް ގޮތެއް ނުނިންމުމަކީ ދެރަ ކަމެއްކަމަށް ޝަރީފް ފާހަގަ ކުރެއްވިއެވެ.

މިއަދަކީ މަޖިލިސްގެ ތާރީހުގައި ކަޅު ދުވަހެއް. ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އެއް އަހަރު ދުވަހަށް ރައްޔިތުންގެ މުސާރައާއި އަސާސީ ޚިދުމަތް ފޯރުކޯށް ދިނުމަށްޓަކައި ދައުލަތުގެ ޚަރަދަށް ޒިންމާ ވުމުގެ ޤާނޫނުގެ މާއްދާއަކަށް އަމަލު ކުރުން ފަސް ކުރުމަށް އަޅުގަނޑު ހުށަހެޅިން. އެންމެ ކުޑަމިނުން މައްސަލަ މާލިއްޔަތު ކޮމިޓީއަށް ގެންގޮސް ނޫނީ މަޖިލިސް ފްލޯ އިން ވޯޓަކަށް އަހައިގެން ގޮތެއް ނިންމަން ވާނެ. ސަރުކާރު ލޮކްޑައުން އަކަށް ފޮނުވާލުމަކީ އެއްގޮތަކަށްވެސް ކުރެވިގެން ވާނެ ކަމެއްނޫން. ހުށަހެޅިފައިވާ މައްސަލައާއި މެދު ގޮތެއް މަޖިލިސް އިން ނިންމަން ޖެހޭނެ.

– ޝަރީފް ވިދާޅުވިއެވެ.

ފިނޭންސްއިން ފޮނުވި މިމައްސަލަ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިގެން ދިރާސާކުރާގޮތަށް ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ހުށައެޅުމުން،އެ މައްސަލަ ދިރާސާކުރަން ނުފެންނަކަމަށް ވަނީ 48 މެންބަރުން ވޯޓު ދެއްވާފައެވެ. އެ މައްސަލަ ދިރާސާކުރަން ފެންނަކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އެހެންކަމުން ފިނޭންސް އިން އެދުނުގޮތަށް މުއްދަތު އިތުރުޮށް ނުދީ މަޖިލީހުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ.

އިތުރު އެއްއަހަރުގެ މުއްދަތަށް ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނުގެ ބައެއް މާއްދާއުނިކޮށް ދަންމާލަން އެދިވަދައިގެން ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ދީފައިވާ އިސްތިސްނާއަށް 1 އަހަރުވާން ކައިރިވެފައިވާއިރު، އަދި މި އިޤްތިސާދީ ފުން ވަޅުގަނޑުން އެއްކޮށް އަރައިގަނެވިފައި ނުވާކަމަށެވެ އަދިވެސް، ކޯވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައިވާ އިޤްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިކަމަށާއި، މިގޮތުން 2020 ވަނަ އަހަރުގެ 4 ކުއާޓަރުގައި ވެސް ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ވަނީ އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުތަކާ އަޅާބަލާއިރު ދަށްވެފައިކަމަށެވެ.

އެ މާއްދާގެ (ހ) ގައި ބުނެފައިވަނީ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީވެސް ވޭތުވެދިޔަ ތިން އަހަރުގެ ސަރުކާރުގެ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް އެ މާއްދާގައި ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *