އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، 59.7 މިލިޔަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، ހުށަހެޅި ގޮތަށް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެތް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވާއިރު، އެ ބަޖެޓަށް 23 އިސްލާހެއް އެކި އެކި މެންބަރުން މަޖިލީހަށް ފޮނުއްވައިފިއެވެ.
ބަޖެޓް ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ކޮމިޓީގެ ރިޕޯޓް ހުށަހެޅުއްވުމަށް ފުރުަތު ދެއްވުމަށްފަހު ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ބަޖެޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ.
މި އިސްލާހުތަކަށް ވޯޓަށް އެއްސެވުމަށްފަހު މުޅި ބަޖެޓް ފާސްކުރަން ވޯޓަށް އަހާނީ ބަޖެޓް ރިޕޯޓަށް މިއަދު ފެށި ބަހުސް ނިމުމުންނެވެ.
މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައިވަނީ، ބަޖެޓު ކޮމިޓީން ބަޖެޓު ދިރާސާކޮށް މަޖިލީހަށް ހުށަޅާ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނިޓުގެ ފުރުސަތެއް ދެއްވުމަށެވެ.
ބަޖެޓްގައި ހިމެނޭ މުހިއްމު ބައިތައް:
- ޖުމްލަ ބަޖެޓު: 59.7 ބިލިއަން ރުފިޔާ
- ޖުމްލަ ހަރަދު:52.6 ބިލިއަން ރުފިޔާ
- ޖުމްލަ އާމްދަނީ: 43.2 ބިލިއަން ރުފިޔާ
- ރިކަރަންޓް ހަރަދު: 42.7 ބިލިއަން ރުފިޔާ
- ކެޕިޓަލް ހަރަދު: 9.8 ބިލިއަން ރުފިޔާ
- ޕީއެސްއައިޕީ: 8.2 ބިލިއަން ރުފިޔާ
- ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
- ދަރަނި:161.3 ބިލިއަން ރުފިޔާ
- ޖީޑީޕީ: 129.5 ބިލިއަން ރުފިޔާ





