ބުއްދިވެރިން ތިބި ސަރުކާރާއިއެކު: އަބްދުއްރަހީމް

ބުއްދިވެރިން ތިބި ސަރުކާރާއިއެކު: އަބްދުއްރަހީމް

އަދާލަތު ޕާޓީން ސަރުކާރުގައި ބައިވެރިވުމުން ދައްކައިދެނީ ވަހުމާއި ޝައްކުގެ މަތީގައި ބަޔަކު ތިބި ނަމަވެސް, ގައުމުގެ ހަރުދަނާ, ހޭލުންތެރި, ވިސްނުންތެރި އަދި ބުއްދިވެރިން ތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކުގައިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވީ, ޕީއެންސީ އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބާސެލޯ ނަސެންދުރާ ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ, މާތްވެގެންވާ އިސްލާމްދީނުގެ އަސާސްތައް ނަގަހައްޓައި ދެމެހެއްޓުމުގެ މަތިވެރި އަސާސުގެ އުފެއްދި ސިޔާސީ ޕާޓީއަކުން ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވުމަށް ނިންމުމުން އެނގެނީ ދިވެހި ރައްޔިތުންގެ ހިތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އޮތް އިތުބާރާއި ޔަގީންކަން. ކަމަށެވެ.

"..މީގެން ދައްކައިދެނީ ވަހުމާއި ޝައްކުގެ މަތީގައި ތިބި ބަޔަކު ތިއްބަސް ގައުމުގެ ބޮޑުބައި ހަރުދަނާ, ހޭލުންތެރި ވިސްނުންތެރި ބުއްދިވެރިން ތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކީގައިކަން, އެ މަނިކުފާނުގެ ސިޔާސަތުތައް ގަބޫލުކޮށްގެންކަން, އެ މަނިކުފާނަށް ތާއީދު ދެއްވަން ތައްޔާރަށްކަން," އަބްދުއްރަހީމް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *