ލޯންޗެއްގައި ރޯވެ، ކެޕްޓަން ފިހިގެން ފަރުވާދެނީ

ލޯންޗެއްގައި ރޯވެ، ކެޕްޓަން ފިހިގެން ފަރުވާދެނީ

ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ލޯންޗުގެ ކެޕްޓަން ފިހިގެން އޭނާއަށް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ލޯންޗުގެ ކެޕްޓަނަށް އަނިޔާތަކެއް ލިބުނު ކަމުގެ މައުލޫމާތު ފަތިހު 5:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ރޭ ދަންވަރު 3:00 ހާއިރު މި ހާދިސާ ހިނގިއިރު ލޯންޗުގައި ހުރީ ކެޕްޓަން އެކަނި ކަމަށާއި އޭނާގެ ކަރާއި މޭމަތި ފިހިފައިވާ އިރު، އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެއީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އަލިފާނުގެ ސަބަބުން ލޯންޗަށްވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށެވެ.

މި ހާދިސާ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *