ކޫރިއާ މެދުވެރިކޮށް ގެނައި ގިނަ އަދަދެއްގެ ޕާޓީ ޑްރަގް އަތުލައިގެންފި

ކޫރިއާ މެދުވެރިކޮށް ގެނައި ގިނަ އަދަދެއްގެ ޕާޓީ ޑްރަގް އަތުލައިގެންފި

ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސްގެ ބުނުމުގައި، މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ކޫރިއާ މެދުވެރިކޮށް ގެނައި ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައިވާކަމަށް ޝައްކުކުރެވި އިތުރަށް ބެލުމުން އެ ތަކެތި ފެނުނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިތުރަށް ބަލައިފާސްކުރި އެ ތަކެތީގެ ބަރުދަނަކީ ކިލޯއެކެވެ. އެއީ ޕާޓީ ޑްރަގްކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހުވެސް ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، އެއީވެސް ޕާޓީ ޑްރަގްކަމަށް ބުނެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *