ކުނަހަންދޫގައި އަންހެން ކްރިކެޓް މުބާރާތެއް ހުކުރު ދުވަހު ފަށަނީ

ކުނަހަންދޫގައި އަންހެން ކްރިކެޓް މުބާރާތެއް ހުކުރު ދުވަހު ފަށަނީ

މޯލްޑިވްސް ކްރިކެޓް ބޯޑުން ލ. އަތޮޅު ކުނަހަންދޫގައި މިހާރު ކުރިއަށްގެންދާ ޔޫތް ކްރިކެޓް މުބާރާތުގެ ތެރެއިން އަންހެނުންނަށް ޚާއްސަ ކްރިކެޓް މުބާރާތެއް މިމަހު ބާއްވަން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުނަހަންދޫގައި އޮންނަ އަންހެން ކްރިކެޓް މުބާރާތް ފަށާނީ މިމަހުގެ 30 ވާ ހުކުރު ދުވަހުއެވެ. މިމުބާރާތުގައި ޖުމްލަ 4 ޓީމު ވާދަކުރެއެވެ.

މި 4 ޓީމުގެ މެދުގައި ޖުމްލަ 10 މެޗު ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ކްރިކެޓް ބޯޑުން އިންތިޒާމުކޮށް، ބޯޑުން ފައިސާގެ އިނާމްވެސް ހުށަހަޅައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

ކުނަހަންދޫގައި އަންހެން ކްރިކެޓް މުބާރާތެއް ހުކުރު ދުވަހު ފަށާއިރު، އެ ރަށަކީ ރާއްޖޭގެ އަންހެން ކްރިކެޓްގެ ކްއީނެވެ. އެ ރަށު އަންހެން ކްރިކެޓް ޓީމު ވަނީ ގައުމީ އަންހެން ކްރިކެޓް މުބާރާތުގެ ތަށި މިލްކްވެސް ކޮށްފައެވެ. ވިދިވިދިގެން ހަތަރު ފަހަރު ގައުމީ އަންހެން ކްރިކެޓް މުބާރާތް ކުނަހަންދޫން ވަނީ ކާމިޔާބުކޮށްފައެވެ.

ފަހަކަށް އައިސް ކްރިކެޓްގެ ހަރަކާތްތައް ރާއްޖޭގައި އެންމެ ފުޅާކޮށް ކުރިއަށްދާ އެއް ރަށަކީވެސް ކުނަހަންދޫއެވެ. ކްރިކެޓްގެ ފޯރި އެރަށުގައި ވަރަށް ބޮޑެވެ.

އެ ރަށުގައި ކްރިކެޓްގެ ފޯރިގަދަކޮށް، ކްރިކެޓް ކުރިއަރުވަން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ ފަރާތަކީ ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅުނު ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި މިހާރު މަޝްހޫރު ފުޓްބޯޅަ ލިރުޣާމް ސައީދު (ލަރޭ) އެވެ. ލަރޭ ދަނީ އެރަށުގައި ފުޓްބޯޅަ އާއި ވޮލީ އަދި ކްރިކެޓްގެ ގިނަ ހަރަކާތްތަކެއް އަބަދުވެސް ހިންގަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *