ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތު އަނދަވަޅަކަށް ވެއްޓިއްޖެ: ޝާހިދު

ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތު އަނދަވަޅަކަށް ވެއްޓިއްޖެ: ޝާހިދު

ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާއަށް ގެންނަމުންދާ ދެއުޅިއެއްނުވާ ދޯހަޅި ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ފުން އަނދަވަޅަކަށް ވެއްޓެމުންދާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރައީސް ޑރ. މުއިއްޒު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ޝާހިދު މިކަން ހާމަކުރެއްވީ، ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ޝާހިދު ވިދާޅުވީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ނުކޮށް ގެންނަ ކޮންމެ ބަދަލަކީ، ފަހުން އޭގެ ނޭދެވޭ ނަތީޖާއާ ކުރިމަތިލާންޖެހޭނެ ބަދަލެއް ކަމަށެވެ.

ސަރުކާރަށް ގޮވާލައްވަމުން ޝާހިދު ވިދާޅުވީ، ސަރުކާރުން ގެންގުޅުއްވާ "ގޮތްދޫނުކުރުމުގެ ސިޔާސަތު" ދޫކޮށްލައްވައި، ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާ ގުޅިވަޑައިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ސަލާމަތްކުރުމުގެ މަސައްކަތް "މިހިނދުން މިހިނދަށް" ފެއްޓެވުމަށް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *