ފަލަސްޠީނުގެ ހައްގުގައި ރާއްޖެއިން ދައްކާ ސާބިތު ކަމަށް މެލޭޝިއާގެ ބޮޑުވަޒީރުގެ ތައުރީފު

ފަލަސްޠީނުގެ ހައްގުގައި ރާއްޖެއިން ދައްކާ ސާބިތު ކަމަށް މެލޭޝިއާގެ ބޮޑުވަޒީރުގެ ތައުރީފު

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ތަފާތު އެކި ޕްލެޓްފޯމްތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މޭސްތިރިކަމުގެ ވައްޓަފާޅިއަށް ތަޢުރީފުކުރެއްވިއެވެ. މެލޭޝިޔާއިން ރާއްޖެ ބަލައިގަންނަނީ އުސޫލުތަކާއި އަގުތަކުގައި ސާބިތުވެ އޮތް، ހައްގު ބަސް ބުނުމުގައި ފަސްނުޖެހޭ ޤައުމެއްގެ ގޮތުގައިކަން އެމަނިކުފާނުގެ ވާހަކަފުޅުތަކުން ހާމަވިއެވެ.

ބޮޑުވަޒީރު އަންވަރު އެންމެ ބޮޑަށް ތަޢުރީފުކުރެއްވި އެއް ސަބަބަކީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ބާރުއަޅާ ރާއްޖެއިން ފަސްޖެހުމެއްނެތި އަޑުއުފުލަމުން ވަޑައިގަންނަވާތީއެވެ. "އިއްޔެ އަޅުގަނޑު އިސްތިއުމާރުގެ ވާހަކަ ދެއްކިން. އިސްރާއީލުން ފަލަސްޠީނު އިސްތިއުމާރު ކުރަމުންދާއިރު، އެކަމާ ދެކޮޅަށް ވާހަކަދައްކައި އިންސާފަށް އެދެން ގިނަ ބަޔަކު ތިބީ ތައްޔާރަކަށް ނޫން،" ބޮޑުވަޒީރު ވިދާޅުވިއެވެ.

އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއް ކަމަށްވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. "އަޅުގަނޑު ރައީސާއި ސަރުކާރުގެ މި ނިންމުމަށް މަރުޙަބާ ކިޔަން. މިއީ އިންސާފާއި މިނިވަންކަމާ ގުޅިފައިވާ ކަމެއް. އެހީތެރިވުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ބޮޑުވަޒީރު ވިދާޅުވިއެވެ.

ދެ ޤައުމުގެ ދެމެދުގައި ބޭއްވެވި ބައްދަލުވުންތަކުގައި، ބޮޑުވަޒީރު އަންވަރު ވަނީ ރައީސް މުޢިއްޒުގެ ޚިކުމަތްތެރި ލީޑަރޝިޕަށާއި، ދިވެހި ސަރުކާރުގެ މެހެމާންދާރީއަށްވެސް ތައުރީފުކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *