ޑައިމޯފިން ޓްރެފިކްކުރި މީހަކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް

ޑައިމޯފިން ޓްރެފިކްކުރި މީހަކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް

ބާރުގަދަ ޑްރަގެއް ކަަމަށްވާ ޑައިމޯފިން ޓްރެފިކް ކުރި މީހަކު އުމުރަށް ޖަލަށްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމް ކުރީ، ވ. ފެލިދޫ އަނބުގަސްދޮށުގެ ސާޖިދު އަބްދުލް މުހައިމިންގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުުމުގެ ކުށުގެ ދައުވާކުރީ، ފުލުހުން ޕެޑްރޯލް ކުރަމުންދިޔަ ވަގުތެއްގައި، ދުއްވާފައިދިޔަ ސައިކަލެއްގެ ފަހަތުގައި އޭނާ އިންއިރު، އަމަލުތައް ހުރިގޮތުން އޭނާ މަސްތުވާތަކެތި ގެންގުޅޭކަަަމށް ތުހުމަތު ކުރެވިގެންފުލުހުން އެ ސައިކަލް ހުއްޓުވައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަށިގަނޑު ބަލައި ފާސްކުރުމުން ޑައިމޯފިން ފެނިގެންނެވެ.

މި މައްސަލައިގައި ސާޖިދު ވަނީ ޑައިމޯފިން ޓްރެފިކް ކުރުުމުގެ ކުށަށް އިއުތިރާޒް ކޮށްފައެވެ. ނަަމަވެސްސް ދައުލަތުން ހެކި ހުށަހެޅިއެވެ. ސާޖިދުގެ ފަރާތުން ދިފާއުގައިވެސް ހެކި ހުށަހެޅިއެވެ. ނަމަވެސް އޭނާ ހެކި ހުށަހެޅި ހެކިން ކޯޓަކަށް ވަޑައެއްނުގަތެވެ. އެހެންކަމުން ސާޖިދުގެ ރުހުމާއެކު މައްސަލަ ކުރިއަށްގެންދިޔައީ އޭނާގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނުނަގައެވެ.

އެއަށްފަހު ހުށަހަޅާފައިވާ ހެކި ތަކާއި ދެފަރާތުގެ ވާހަކަތަކަށްފަހު، ކޯޓުން ހުކުމްކުރީ ސާޖިދު އުމުރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އެއަށްފަހު ޖޫރިމަނާ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ވެސް މި ހުކުމުގައި ވަނީ އޭނާއަށް އަންގައިފައެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *