ބޭރު ފައިސާއަކީ ދައުލަތުގެ އެއްޗެއް: އިބުރާ

ބޭރު ފައިސާއަކީ ދައުލަތުގެ އެއްޗެއް: އިބުރާ

ރާއްޖެއަށް ވަންނަ ބޭރު ފައިސާއަކީ ވަކި މީހެއްގެ އެއްޗެއް ނޫން ކަމަށާއި، އެއީ ދައުލަތުގެ އެއްޗެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެއެވެ.

ރިސޯޓްތަކުން ލިބޭ ޑޮލަރުގެ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހުން ވަނީ ފާސްކޮށްފައެވެ. މީގެ ކުރިން، ކޮންމެ ތިން މަހަކުން ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ 20 ޕަސެންޓު ނުވަތަ ބޮލަކަށް 500 ޑޮލަރުގެ މަގުން މާރުކުރުމުގެ އިޚްތިޔާރު އޮތް ނަމަވެސް، މަޖިލީހުން ފާސްކުރީ އެ އިޚްތިޔާރު އުވާލައި، ކޮންމެ މަހަކުވެސް ފައިސާ މާރުކުރަން ލާޒިމުކުރުމަށެވެ.

މިކަމާ ގުޅިގެން އިބުރާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް ވަންނަ ބޭރުފައިސާއަކީ ވަކި މީހެއްގެ އެއްޗެއްނޫނެވެ. އެއީ ދައުލަތުގެ އެއްޗެކެވެ. އެ ދޭންޖެހޭނީ ދައުލަތަށެވެ. އެޔަށްވާ އަގު އެގެނައި މީހަކަށް ދިވެހި ރުފިޔާއިން ދައުލަތުން ދޭންޖެހޭނެ ކަމަށެވެ.

ވިޔަފާރިއާ އެހެނިހެން ބޭނުންތަކަށް ބޭރުފައިސާ ބޭނުންވާ މީހުންނަށް، ކަނޑައެޅި އުސޫލަކުން ދައުލަތުން އެ ދޫކުރަން ޖެހޭނެ ކަމަށާއި، އެ އުސޫލު ހިނގައިފިނަމަ ރާއްޖެއަށް ބޭނުންވާ ވަރަށް ބޭރުފައިސާ ވަންނާނެ ކަމަށްވެސް އިބުރާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *