މާލޭގެ ގެއެއްގައި ގޭސް ލީކުވެ އަންހެނަކު މަރުވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ލީކުވެ އަންހެނަކު މަރުވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ލީކުވުމުގެ ހާދިސާއެއް ހިނގައި އަންހެނަކު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި، ދިލްކުޝާ ގޯޅި (ސްކޫޕް ގޯޅިތެރެ) ގައި ހިނގި މި ހާދިސާގައި، އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަންހެނަކާއި ކުޑަކުއްޖަކު އައިޖީއެމްއެޗަށް ގެންދިޔައެވެ. އަދި ގެންދިޔައިރުވެސް އަންހެން މީހާ އޮތީ މަރުވެފައެވެ.

ހާދިސާ ހިނގި ގެއިން ކުޑަކުއްޖަކުވެސް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި، އެ ކުއްޖާއަށް ހައިޕަބެރިކް ޗެމްބާގައި ފަރުވާދޭން ޖެހޭތީ މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ވަނީ އެނގިފައެވެ.

ހާދިސާއާ ބެހޭ ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް، އެ ގެ ހުރި ހިސާބުގައިވެސް ގޭސް ވަސް ވަރަށް ގަދައަށް ހުރި ކަމަށް މީހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *