2028ގައި ބޯހިޔާވަހިކަމުގެ ފުރަތަމަ ފްލެޓުތައް ރައްޔިތުންނާ ހަވާލު ކުރެވޭނެ: ނާޒިމް

2028ގައި ބޯހިޔާވަހިކަމުގެ ފުރަތަމަ ފްލެޓުތައް ރައްޔިތުންނާ ހަވާލު ކުރެވޭނެ: ނާޒިމް

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓުތައް ނިންމައި، 2028 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ރައްޔިތުންނާ ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ރޭ ވިދާޅުވެއްޖެއެވެ.

ނާޒިމް ވިދާޅުވީ، ހުޅުމާލޭ ފޭސް އެކެއްގައި ދެ ފްލެޓު މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި، ފޭސް ދޭއްގައިވެސް އަމަލީ މަސައްކަތް ފެށޭ ހިސާބުގައި ކަމަށެވެ. މީގެ އިތުރުން، ގުޅިފަޅުގައި 4,000 ފްލެޓާއި، މާލޭ ސަރަހައްދުގައި 5,000 ފްލެޓު އެޅުމުގެ މަޝްރޫއުތައްވެސް މިއަހަރު ފެށޭނެ ކަމަށް ވިދާޅުވިއެވެ. ޖުމްލަ 13,000 ޔުނިޓްގެ މަޝްރޫއު މިއަހަރު ފެށޭނެ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ހުށަހެޅި 58,505 ފޯމުގެ ވެރިފިކޭޝަން މިހާރު ކުރިއަށްދާއިރު، ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރާނީ އަންނަ ޑިސެމްބަރު މަހުގެ މެދުތެރޭގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *