ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަ ކޮށްފި

ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަ ކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ޖަލްސާ ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލާޙް ޕްރީސްކޫލްގެ ރަސްމީ ވެބްސައިޓް އިފްތިތާޙުކޮށްދެއްވާފައެވެ. އަދި އެ ސްކޫލަށް 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ސްކޫލުން ދެއްވި ހަނދާނީ ފިލާ ޙަވާލުކޮށްދެއްވުމުގެ އިތުރުން، ފަލާޙް ޕްރީސްކޫލުގެ ރަންޔޫބީލް ލޯގޯ ފަރުމާކޮށްދެއްވި ފަރާތަށް ހަނދާނީ ލިޔުންވެސް އެމަނިކުފާނު ވަނީ އަރުވާފައެވެ.

މި ޙަފްލާގައި ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ހަނދާނީ ފިލައެއް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ. މި ހަނދާނީ ފިލާ އެމަނިކުފާނަށް އެރުވީ ފަލާޙް ޕްރީސްކޫލްގެ ޗީފް އެގްޒެކެޓިވް، އަލްޤާރީ އަލްހާފިޡް ޢަބްދުއްސައްތާރު އަބޫބަކުރެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަޢުލަތުގެ ވަޒީރުންނާއި، މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ފަލާޙް ޕްރީސްކޫލްގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ދަރިވަރުން އަދި ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ޖަމްޢިއްޔަތުލް ފަލާޙުން 1976 ވަނަ އަހަރު އުފެއްދި މި މުއައްސަސާ އެންމެ ފުރަތަމަ ހުޅުވިގެންދިޔައީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި "މަދްރަސަތުލް ފަލާޙް" ގެ ނަމުގައެވެ. އޭގެފަހުން 2001 ވަނަ އަހަރު ތުއްތު ކުދިންގެ ތަޢުލީމީ ގްރޭޑްތައް ތަޢާރަފްކުރުމަށްފަހު، މިތަނުގެ ނަން ވަނީ "ފަލާޙް ޕްރީސްކޫލް" ގެ ނަމަށް ބަދަލުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *