ނުގަވާއިދުން ފެނަކައިގެ މުވައްޒަފުންނަށް ކުރިއެރުން ދިން ފަރާތްތައް ހޯދައި ފިޔަވަޅު އަޅަން އެންގުމެއް

ނުގަވާއިދުން ފެނަކައިގެ މުވައްޒަފުންނަށް ކުރިއެރުން ދިން ފަރާތްތައް ހޯދައި ފިޔަވަޅު އަޅަން އެންގުމެއް

ދެހާސް ބާވީސް ވަނަ އަހަރާއި 2023 ވަނަ އަހަރު ގަވާއިދާ ހިލާފަށް ފެނަކަ ކޯޕަރޭޝަންގެ ބައެއް މުވައްޒަފުންނަށް ކުރިއެރުން ދިނުމުގައި ޒިންމާވާ ފަރާތްތައް ހޯދައި އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްޓަކައި އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ހިދުމަތާއި ތަހުގީގީ އިދާރާތަކަށް ހުށަހަޅަން އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކޮށްފިއެވެ.

އެކަން ކުރަން ފެނަކައަށް އަންގަން ކޮމިޓީން ފާސްކުރީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ރެކްރޫޓު ކުރުމާއި ޕްރޮމޯޝަން ދިނުމާއި މުސާރަ އާއި އިނާޔަތްތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ދިރާސާކޮށް ކޮމިޓީން އެކުލަވައި ރިޕޯޓްގައި ހިމަނައިގެންނެވެ.

އެކަންކަން ފެނަކައަށް އަންގަން ކޮމިޓީން ނިންމި ގޮތަށް މަޖިލީހުން ފާސްކުރީ މި ރިޕޯޓް މަޖިލިސް ތަޅުމަށް ގެންގޮސް ބަހުސް ކުރުމަށްފަހު ވޯޓަށް އަހައި ފާސްކޮށްގެންނެވެ.

މި ކަންކަން ފެނަކައަށް އަންގަން ކޮމިޓީ ބައްދަލުވުމަށް ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވީ، ފެނަކައިގެ މުވައްޒަފުންގެ ގަވާއިދާ ހިލާފަށް 2022 ވަނަ އަހަރާއި 2023 ވަނައަހަރުގެ ތެރޭގައި ބައެއް ނުވައްޒިފުންނަށް ވަޒީފާގެ ކުރިއެރުން ދީފައިވާކަން އޮޑިޓް ރިޕޯޓުން ފާހަގަވާ ކަމަށެވެ.

ފެނަކަ އަށް އަލަށް ވަންނަ މުވައްޒަފުންނަށް ވަޒީފާގެ ފެށޭ މުސާރަ އާއި އިނާޔަތްތައް ފިޔަވައި މަގާމުތަކުގައި ހިމެނޭ އެކި ބޭންޑް ތަކުގެ ދަށުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާގޮތަށް ހަމަޖައްސާނަމަ، ކުންފުނީގައި ހިމެނޭ ކޮންމެ ބޭންޑަކަށް ވަޒީފާގެ ޝަރުތު ކަނޑައެޅުމަށާއި އެގޮތަށް ވަޒީފާގެ ޝަރުތު ކަނޑަނާޅައި ވަޒީފާއަށް އަލަށް ވަންނަ މުވައްޒަފުންގެ ފެށޭ މުސާރަ އާއި އިނާޔަތްތައް ފިޔަވައި މަގާމުތަކުގައި ހިމެނޭ އެކި ބޭންޑްތަކުގެ ދަށުން މުސާރަ އާއި އިނާޔަތްތައް ހަމަނުޖެއްސުމަށް އަންގަންވެސް ވަނީ ފާސްކޮށްފައެވެ.

އެގޮތަށް އިސްލާހުކުރާ ކުންފުނީގެ މުސާރައިގެ އޮނިގަނޑާއި ހާމަނައިޒް ކޮށްފައިވާ ޖޮބްކްލެފިކޭޝަންތައް ހަ މަސް ދުވަހުގެ ތެރޭގައި ކޮމިޓީއަށް ހުށަހެޅުމަށްވެސް ވަނީ ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *