ޒުވާން ތަރި އީތަން ނިއުރޭޑިއަންޓްގެ ސީނިއަރ ޓީމަށް ސޮއިކޮށްފި

ޒުވާން ތަރި އީތަން ނިއުރޭޑިއަންޓްގެ ސީނިއަރ ޓީމަށް ސޮއިކޮށްފި

ރާއްޖޭގެ އެންމެ އުއްމީދީ އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމުގައިވާ އީތަން އިބްރާޙީމް ޒަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސީނިއަރ ޓީމަށް ސޮއި ކޮށްފިއެވެ.

އުމުރުން 17 އަހަރުގެ ޒުވާން ތަރި ނިއުއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އީތަންގެ އިތުރުން، ކުރިއަށް އޮތް ސީޒަނުގައި ނިއުގެ ޖާޒީގައި ފެންނާނެ އެހެން ކުޅުންތެރިން އެއްބަސްވުމުގައި ސޮއިކުރުންވެސް އޮތެވެ.

މިފަހުން ނިމުނު 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް މުބާރާތުގައި، ނިއުރޭޑިއަންޓުގެ ޒުވާން ޓީމުގެ ކެޕްޓަނެއްގެ ގޮތުގައިވެސް އީތަން ފެނިގެންދިޔައެވެ. މުބާރާތުގެ ރަނަރަޕްކަން ހޯދީ ނިއުރޭޑިއަންޓެވެ.

ފާއިތުވީ ދެ ސީޒަނުގައި އީތަން ފެނިގެންދިޔައީ ކްލަބް ވެލެންސިއާ އިންނެވެ. އަދި ފާއިތުވީ ސީޒަނުގައި ވެލެންސިއާގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނީވެސް އީތަންއެވެ.

ޒުވާން ޤައުމީ ޓީމުގެ ވެސް މުހިންމު އެއް ތަނބުގެ ގޮތުގައި ބެލެވޭ އީތަން ވަނީ، ސީނިއަރ ޤައުމީ ޓީމަށްވެސް ކުޅެދީފައެވެ. އެގޮތުން މިދިޔަ އަހަރު، އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެއިން ޓިމޯ ލެސްޓޭއާ ދެކޮޅަށް، އޮސްޓްރޭލިއާގައި ކުޅުނު މެޗުގައި ޤައުމީ ޖާޒީގައި އީތަން ވަނީ ކުޅެފައެވެ.

އުމުރުން މިހާރު 17 އަހަރު ފުރިފައިވާ އީތަން ވަނީ، 2023 ވަނަ އަހަރުގެ ތެރޭގައި ސްޕެއިންގެ ކުލަބަކަށްވެސް ކުޅެފައެވެ.

މީގެއިތުރުން އީތަން އަކީ، ރާއްޖޭގެ ޓޮޕް ޑިވިޝަނުގައި، ވާދަވެރި މެޗެއްގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. 2023 ވަނަ އަހަރުގެ ތެރޭގައި ދިވެހި ލީގުގައި އީތަން ވަނީ ވެލެންސިއާގެ ޖާޒީގައި ނުކުމެ، ޔުނައިޓެޑް ވިކްޓްރީ ކޮޅަށް ލަނޑުޖަހާފައެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އުމުރުން 14 އަހަރާއި ނުވަ މަހާއި ދެ ދުވަހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *