2018 ވަނަ އަހަރުުގެ ފީފާ ވޯލްޑް ކަޕްގައި ފްރާންސް ތަށި ހޯދުުމާ ގުުޅިގެން ލިބުނު ހުުރިހާ އިނާމު ފައިސާއެއް، ފްރާންސްގެ ތަރި އޮސްމާން ޑެމްބެލޭ ވަނީ މިސްކިތެއް ބިނާ ކުރުުމަށް ހަދިޔާ ކޮށްފައެވެ.
ފައިނަލްގައި ކްރޮއޭޝިއާ ބަލިކޮށް ތަށި ހޯދުުމާ ގުުޅިގެން، އޭރު ޢުުމުުރުުން 21 އަހަރުުގެ ޑެމްބެލޭ ލިބުނު ފައިސާ ހަދިޔާ ކުރީ، އޭނާގެ މަންމަ އުފަންވި ރަށް ކަމަށްވާ، މޮރިޓޭނިއާގެ ދިއާގިލީ ކިޔާ އަވަށެއްގައި މިސްކިތެއް ބިނާ ކުުރުމަށެވެ.
ފްރާންސްގައި ދުނިޔެއަށް އައި ޑެމްބެލޭގެ މަންމައަކީ މޮރިޓޭނިއާ އަދި ސެނެގާލްއަށް ނިސްބަތްވާ ބޭކަނބަލެކެވެ. ބައްޕައަކީ މާލީގެ ރައްޔިތެކެވެ. ދީލަތި މި ހަދިޔާ ވެގެން ދިޔައީ، ދަނޑުުމަތީގެ ކުުޅުުމަށް ވުުރެ ބޮޑަށް، ދަނޑުުން ބޭރގައި ޑެމްބެލޭ ކުުރި ހިތްތިރި ޢަމަލެއްގެ ގޮތުުގައި ދުުނިޔޭގެ ސަމާލުުކަން ހޯދި ވާހަކައަކަށެވެ.
މި ހާދިސާ ހިނގިތާ 8 އަހަރު ފާއިތުުވެފައިވާ ކަމަށްވާއިރު، ޑެމްބެލޭ ވަނީ ފްރާންސްގެ ގައުުމީ ޓީމުުގެ އެންމެ މުހިންމު ފޯވާޑުުންގެ ތެރޭގައި ހިމެނިފައެވެ.





