"ހައްލަކީ އުުމަރު" ކެމްޕެއިނާ ގުޅެން ދައުވަތު އަރުވައިފި

"ހައްލަކީ އުުމަރު" ކެމްޕެއިނާ ގުޅެން ދައުވަތު އަރުވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެމްޕެއިނާ ގުޅުމަށް ދައުވަތު އަރުވައިފިއެވެ.

ވީޑިއޯ މެސެޖަކާއެކު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އުުމަރު ވިދާޅުވީ، ފާއިތުުވި ގާތްގަނޑަކަށް 20 އަހަރުގެ ތެރޭގައި ކޮރަޕްޓް ސަރުުކާރުުތައް އައިސް ގޮސް ގައުުމު ވަރަށް ބޮޑަށް ދަރަނިކޮށްފައިވާ ކަމަށެވެ. މަސްތުުވާތަކެތީގެ ސަބަބުުން މަގުުތަކުގެ އަމާންކަން ގެއްލިފައިވާ ކަމަށާއި، ޒުުވާނުުންނަށް ހަރުުދަނާ ވަޒީފާ ހޯދުުމަށާއި ވިޔަފާރި ފެށުުމަށް ބޮޑެތި ގޮންޖެހުުންތަކެއް ހުުރި ކަމަށްވެސް ވިދާޅުުވިއެވެ.

ސިޔާސީ ޕާޓީގެ ނިޒާމުުން ހިދުުމަތް ކުުރަނީ ހަމައެކަނި ޕާޓީގެ މެންބަރުުންނަށް ކަމަށާއި، ޕާޓީތަކުުން ރައްޔިތުުންނަށް ހުުށަހަޅާނެ އާ ކަންތައްތަކެއް ދެން ނެތް ކަމަށް އުުމަރު ތުުހުުމަތުުކުުރެއްވިއެވެ. ގައުުމު ހިންގުުމުގެ ނިޒާމަށް އާ ބަދަލުުތަކެއް ގެންނަންވީ ވަގުުތު ކަމަށާއި، ވަރުުގަދަ ހަރުުދަނާ ލީޑަޝިޕެއް ގައުުމަށް ބޭނުުންވާ ކަމަށްވެސް ވިދާޅުުވިއެވެ.

ހަމައެކަނި ސިޔާސީ ޕާޓީތަކުގެ މީހުުންނަށް ފުުރުުސަތުުތައް ފަހިވުުމުގެ ބަދަލުުގައި، އެންމެންނަށްވެސް ފުުރުުސަތު ފަހިކުުރުުމަށް "ހައްލަކީ އުުމަރު" ގެ ކެމްޕެއިނާ ގުުޅުުމަށް ވޮލަންޓިއާ ވުުމަށް ވަނީ ދައުުވަތު ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *