މަސައްކަތް ކުރަނީ، 2028 ގައި ހިތަދޫ ކޯޒްވޭމަގު ބޭނުންކުރެވޭގޮތް ހަދަން: މިނިސްޓަރު

މަސައްކަތް ކުރަނީ، 2028 ގައި ހިތަދޫ ކޯޒްވޭމަގު ބޭނުންކުރެވޭގޮތް ހަދަން: މިނިސްޓަރު

ލ. ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓްގައި މަސައްކަތްކުރަމުން ދަނީ، 2028 ވަނަ އަހަރުގެ މެދު ތެރޭގައި އެ މަގު ރައްޔިތުންނަށް ބޭނުން ކުރެވޭގޮތް ހެއްދެވުމަށް ކަމަށް، މިނިސްޓާ އޮފް އިންފްރާ ސްޓްރަކްޗާ، ހައުސިންގ އެންޑްއަރބަން ޑިވެލޮޕްމަންޓް ޑޮކްޓާ އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކޯޒްވޭގެ މަަސައްކަަތާބެހޭގޮތުން، މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝާކިލު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ކޯޒްވޭގެ މަސައްކަތް ފަށައި އަދި ނިމޭނެ ދުވަހަކީ ކޮބައިތޯ، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، 22 ޖެނުއަރީ 2023 ގައި އެ މަޝްރޫއުގައި ސޮއިކޮށް، ދޭއް ސެޕްޓެމްބަރު 2023 ގައި މެޝިނަރީޒްއާއެއްކޮށް މޮބިލައިޒްކޮށްފަ އޮތް ކަމަށް ރެކޯޑްތަކުން ފެންނަން އޮތް ކަމަށެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މި ސަރުކާރުން ކަމަށެވެ.

"މިގޮތުން ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަނާއި ސާވޭގެ ނަސައްކަތް ނިންމައި ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ވީޓެލް ޑިޒައިންތައް އެޕްރޫވްކޮށް މިހާރު 20 އޮކްޓޫބަރު 2025 ގައި މަސައްކަތް ވަނީ ފަށައިފަ،:

ކަނޑައަޅާފައިވަނީ، 500 ދުވަސްތެރޭގައި މަސައްކަތް ނިންމުމަށް ކަމަށާއި، މަސައްކަތުގެ އަގަކީ 81 މިލިޔަން ރުފިޔާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮންޓެކްޓަރުގެ ސްކޯޕްގައިވާގތުން 390 މީޓަރުގެ ރިވެޓްމެންޓަކާއި 157.5 މީޓަރުގެ ދިގު ދެ ބްރިޖާއި 714 މީޓަރުގެ ދިގު މަގެެެއް ހެދިގެންދާނެ،"

މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ކުރިއަށްދަނީ އެދެވޭ ސްޕީޑެއްގައިނޫން ކަމަށެވެ.

"ނަމަވެސް މަސައްކަތްކުރަނީ 2028 ގެ މެދެތެެރެއަށްދާއިރު މަސައްކަތް ނިންމައި، ރައްޔިތުންނަށް މަގު ބޭނުން ކުރެވޭނެގޮތްހެދުމަށް،"

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *