ޚިދުމަތް ހޯދަން، ރައްޔިތުން ސިޔާސީ މީހުންގެ ފަހަތުން ދުވާކަށް ނުޖެހޭ: ޙުސައިން

ޚިދުމަތް ހޯދަން، ރައްޔިތުން ސިޔާސީ މީހުންގެ ފަހަތުން ދުވާކަށް ނުޖެހޭ: ޙުސައިން

ރައްޔިތު މީހާ އާސަންދައަށް ގުޅައިގެން، ހިދުމަތް ހޯދަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސިޔާސީ މީހުން ފަަހަތުން ދުވަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންނަށް ކަނޑައަޅާފައިވާ އަގު ބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި ހުށަހެޅި އީ ޕެޓިޝަންގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މެންބަރު ވިދާޅުވީ، ރައްޔިތުން އިންތިހާބު ކުރާ ރައްޔިތުންގެ މަންދޫބުންނަކީ ރައްޔިތުންނަށްވުރެ މަތީގައި ތިބޭ ބައެއްނޫން ކަމަށެވެ. މެންބަރަކު މަޖިލީހަށް އިންތިހާބުވަނީ، ރައްޔިތުންދޭ މަގާމެއްގައި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

"ދައުލަތް ފެށިގެން އަންނައިރު ދައުލަތުގެ އެންމެ މަތީ ހަރުފަތުން ބަސްބުނުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުންނަށް، ދެން އޭގެ ދަށުން ތަރުތީބު ކޮށްލާ ހުރިހާ ދިމާލެެއް ތަރުތީބު ކުރަނީ ރައްޔިތުންނަަށް ހިދުމަތްކުރަން އެއީ ރައީސް ވިޔަސް، އުއްތަމަ ފަނޑިޔާރު ވިޔަސް، މަޖިލިސް މެބްރުންވިޔަސް، މި ތިންބާރުވެސް އަމިއްލަ ހިތުގެ އަޑިން ގަބޫލު ކުރަންޖެހޭ ތިމަންނަމެންނަކީ އައްޔަންނަށް ހިދުމަތްކުރަން، ރައްޔިތުން އައްޔަންކުރާ ބައެކޭ،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މެންބަރު ވިދާޅުވީ، މަޖިލީހަށް މިތަކަށް ޕެޓިޝަން ލައިގެން ވެސް ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާމެދު މަޖިލީހާމެދު ސުވާކު އުފެއްދުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްކެއް ކަމަށެވެ. ރައްޔިތުންގެ މެދުގައި އެފަދަ ކަންބޮޑުވުންތައް އުފެދޭ ސަބަބުތަކަށް އަލިއަޅުވާލައްވަމުން މެންބަރު ވިދާޅުވީ، ކަންބޮޑުވންތައް އުފެދެނީ ހަމަހަމަކަމާއެކު ދައުލަތުން ރައްޔިތުންނަށް ހިދުމަތް ނުދެވުން ކަމަށެވެ.

"ރައްޔިތުންނަށް ހިދުމަތް ކުރަން އަންނަ މީހާއަށް އިންޝުއަރެންސް ތެރެއިން ލިބޭ ފަސޭހަ ޕޮލިސީ ގާއިމްވެފައި އޮންނަ ގޮތަށް އެބަޖެހޭ އާއްމު ރައްޔިތަކަސް ކަމެއް ދަމެއް ބޮޑުވާއިރު އޭނަައަށްޖެހޭ މުހުތާދު އަވަހަށް ފަސޭހައިން ކޮށްދެވޭނެ ގޮތަކަށް ނިޒާމު އުފެދިފަ އޮތީމަ މި ސުވާލު އުފެއްދުމަށް ޖާގަ ހަނިވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ރައްޔިތުންގެ މެދުގައި މިފަދަ ކަންބޮޑުވުންތައް އުފެދެނީ، އެމީހުންނަށް ހިދުމަތް ފޯރުކޮށދޭން އައްޔަންކުރާ މީހުން ހިދުމަތް ދިނުމުގައި ހަމަހަމަކަން ނުގެންގުޅުން ކަމަށެވެ.

ރައްޔިތު މީހާއަށް ހިދުމަތް ފޯރުކޮށްދިނުމުގައި އޮންނަ އުސޫލުތަކުގެ ތެރެއިން ލިޔެފަ ކަނޑައަޅައިފަ އޮންނަ އުސޫލުގެ ތެރެއިން ބަރާބަަރަށް ތަރުތީބުން ކަންކަން ދާނަމަ ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ދައުލަތް ރަނގަޅަށް ފަންކްޝަން ކުރާނަމަ ރައްޔިތުންނަށް ޓަކައި ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަދީ ބަލަހައްޓާ ބަޔަކު ރައްޔިތުނގެ ކަން ބޮޑުވުމަށް ބަރާބަރަށް އެޑްރެސް ކުރެވޭނަމަ އަޅުގަނޑުމެންގެ ތެރޭގައި ކަންބޮޑުވެގެން އަބަދު އިނގިލި ދިއްކުރެވޭ މައްސަލައަށް ހައްލު އަންނާނެ. އާދައިގެ ރައްޔިތު މީހާ އާސަންދައަށް ގުޅާލީމަ ނުޖެހޭ ކިއު ލިސްޓްގަ މަޑުކޮށްގެން ކޮންމެސް އެމްޕީއެއްގެ ފަހަތުން، ކޮންމެވެސް ވެރިއެއްގެ ފަހަތުން، ކޮންމެސް ޕޮލިޓިކަލް އެޕޮއިންޓީއެއްގެ ފަހަތުން، ދުވާކަށެއް އެއެއް ނޫން އެކަން ދެމި އޮންނަޖެހޭނެ ގޮތަކީ، ބޮޑު މީހާއަށް ބޮޑުގޮތް ކުޑަ މީހާއަށް ކުޑަގޮތް، ނަސަބާއި އާއިލީގެ ގޮތުން އާދައިގެ މީހާއަށް ދެރަަ ނިކަމެތި ގޮތް ހަދާތީ ވެ ޝަކުވާތައް ރައްޔިތުން އުފުލަމުން އެދަނީ" އޭނާ ވިިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *