ހޮސްޕިޓަލުން ދިން ނުބައި ބޭހެއްގެ ސަބަބުން 19 މަހުގެ ކުއްޖެއްގެ ދެލޮލުގެ ފެނުން ގެއްލިއްޖެ

ހޮސްޕިޓަލުން ދިން ނުބައި ބޭހެއްގެ ސަބަބުން 19 މަހުގެ ކުއްޖެއްގެ ދެލޮލުގެ ފެނުން ގެއްލިއްޖެ

މަދްޔަޕްރަދޭޝްގެ ސާގަރް ޑިސްޓްރިކްޓަށް ނިސްބަތްވާ 19 މަހުގެ ފިރިހެން ކުއްޖަކަށް، ހޮސްޕިޓަލުން ދެވުނު ނުބައި ފަރުވާއެއްގެ ސަބަބުން ދެލޮލުގެ ފެނުން އެއްކޮށް ގެއްލިއްޖެއެވެ.

އާއިލާއިން ތުހުމަތުކުރާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ބަންޑާގައި ހުންނަ ސިވިލް ހޮސްޕިޓަލުގެ އޮން-ޑިއުޓީ ސަރުކާރު ޑޮކްޓަރަކު، ކުއްޖާގެ ލޮލަށް ނޭފަތަށް އަޅާ ސަލައިން ޑްރޮޕްސް އޮޅިގެން އެޅުމުގެ ސަބަބުންނެވެ.

މި ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނީ އަރިދަފުސް ރޯގާގެ އަލާމާތްތަކާއި ލޯ ރަތްވުމުގެ މައްސަލައަކާ ގުޅިގެން، އައުޓްޕޭޝަންޓް ޑިޕާޓްމަންޓް ގައި ރެޖިސްޓްރީ ކުރުމަށްފަހުއެވެ. ނަމަވެސް، ޑޮކްޓަރު ދިން ފަރުވާއަށްފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި ކުއްޖާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ.

ހާލަތު ގޯސްވުމާ ގުޅިގެން ކުއްޖާ ފުރަތަމަ ރިފާރ ކުރެވުނީ ސާގަރްގެ ޑިސްޓްރިކްޓް ހޮސްޕިޓަލަށެވެ. އަދި އެއަށްފަހު އިތުރު ފަރުވާއަށް އެއިމްސް ބޯޕާލްއަށް ބަދަލުކުރެވުނެވެ. އެއިމްސްގެ ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، ކުއްޖާގެ ލޮލުގެ ފެނުން އަނބުރާ ލިބުމުގެ ފުރުސަތު ކުޑަ އެވެ. އެއީ ދާއިމީ ފެނުން ގެއްލުމެއް ކަމަށް ޑޮކްޓަރުން ވަނީ ލަފާކޮށްފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބްލޮކް މެޑިކަލް އޮފިސަރު ޔޯގެންދުރަ ޚާތިކް ވިދާޅުވީ، ޗީފް މެޑިކަލް އެންޑް ހެލްތު އޮފިސަރު މިހާރު ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައި ކަމަށެވެ. އަދި ތަހުގީގު ކޮމިޓީގެ ހޯދުންތަކަށް ބިނާކޮށް، އިހުމާލުވި ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *