އަންހެނުންގެ ދަރިމައިކުރާ ބިސް ބޮޑު އަގުގައި ވިއްކަމުން ދިޔަ ބަޔަކު އަތުލައިގެންފި

އަންހެނުންގެ ދަރިމައިކުރާ ބިސް ބޮޑު އަގުގައި ވިއްކަމުން ދިޔަ ބަޔަކު އަތުލައިގެންފި

އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގެ ބަދްލާޕޫރުގައި ޣައިރުޤާނޫނީ ގޮތުން އަންހެނުންގެ ދަރިމައިކުރާ ބިސް އިތުރުކޮށް، އެ ބިސްތައް ބޮޑު އަގުގައި ވިއްކަމުން ދިޔަ ބޮޑު ނެޓްވޯކެއް ފުލުހުން އަތުލައިގަނެފިއެވެ.

މި މައްސަލަ ފަޅާއެރީ އެ ނެޓްވޯކުގައި މަސައްކަތްކުރި އަންހެނަކަށް ވައުދުވި ފައިސާ ނުލިބުމުން، އޭނާ ފުލުހަށް މައްސަލަ ހުށަހެޅުމާ ގުޅިގެން ފުލުހުން ހިންގި ހާއްސަ ރޭޑެއްގައެވެ.

މި ރެކެޓް ހިންގާ ފަރާތްތަކުން ޝިކާރައަކަށް ހަދާފައިވަނީ މާލީ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ފަގީރު އަންހެނުންނެވެ. އެމީހުންނަށް ގިނަ އަދަދެއްގެ ފައިސާ ދޭނެ ކަމަށް ބުނެ ހައްލާލައިގެން، ޑޮކްޓަރެއްގެ އެއްވެސް ލަފައެއް ނުވަތަ އިރުޝާދެއް ނެތި ދަރިމައިވާ ބިސް އުފައްދާ މިންވަރު އިތުރުކުރުމަށް ހަށިގަނޑަށް ބާރުގަދަ އިންޖެކްޝަންތައް ޖަހާފައިވެއެވެ.

އިންޑިއާގެ 'އެސިސްޓެޑް ރީޕްރޮޑަކްޓިވް ޓެކްނޮލޮޖީ އެކްޓް 2021′ ބުނާގޮތުން އަންހެނަކަށް އޭނާގެ ހަޔާތުގައި ބިސް ހަދިޔާކުރެވޭނީ އެންމެ ފަހަރަކުއެވެ. އަދި ވިޔަފާރީގެ އުސޫލުން ބިސް ވިއްކުމަކީ މަނާކަމެކެވެ. ނަމަވެސް މި ރެކެޓްގައި ބައެއް އަންހެނުންގެ އަތުން 30 އަށްވުރެ ގިނަ ފަހަރު ބިސް ނަގާފައިވާކަން ތަހުގީގަށް ވަނީ އެނގިފައެވެ.ދަރިމައިކުރާ ބިސް ހަދިޔާކުރާ އަންހެން މީހާއަށް ދެނީ 25,000 އާއި 30,000 އާ ދެމެދުގެ އިންޑިއަން ރޫޕީސްއެވެ. ނަމަވެސް އެ ބިސްތައް އައިވީއެފް ސެންޓަރުތަކަށް ވިއްކަނީ އެތައް ލައްކަ ރޫޕީސްއަކަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހުއްދަނެތި ސްކޭންތައް ހަދައި ވީޑިއޯތައް އެހެން ސްޓޭޓްތަކުގެ އެޖެންޓުންނަށް ފޮނުވި ނަރުހަކާއި، ބައެއް އައިވީއެފް ސެންޓަރުތަކުގެ ޑޮކްޓަރުން ހިމެނެއެވެ. މަހާރާޝްތުރާގެ ހެލްތު މިނިސްޓަރު ވިދާޅުވެފައިވަނީ މިފަދަ ސީރިއަސް މައްސަލަތަކުގައި ސަރުކާރުން އެއްވެސް ދުލެއް ނުދޭނެ ކަމަށާއި ކުށްވެރިންނަށް ހައްގު އަދަބު ދޭނެ ކަމަށެވެ.

މި މައްސަލައިގެ ސަބަބުން ގަވާއިދާ ހިލާފަށް ހިންގާ އައިވީއެފް ކްލިނިކްތަކާއި ސޮނޮގްރަފީ ސެންޓަރުތައް ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް އެ ސަރަހައްދުގައި މިހާރު ދަނީ ހިންގަމުންނެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *