ރޮނާލްޑޯގެ ޕޯޗުގަލްއަށް ގްރޫޕްގެ އެއްވަނަ ނުލިބި ބޮޑެތި ފާޑުކިޔުންތަކެއް

ރޮނާލްޑޯގެ ޕޯޗުގަލްއަށް ގްރޫޕްގެ އެއްވަނަ ނުލިބި ބޮޑެތި ފާޑުކިޔުންތަކެއް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލްއާއި ކޮލަމްބިއާ ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވެ، ގްރޫޕް ކޭގެ ދެވަނަ ލިބުނީ ޕޯޗުގަލްއަށެވެ.

އެމެރިކާގެ މިއާމީ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި، ކޮލަމްބިއާ ހަތް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދިއިރު، ޕޯޗުގަލްއަށް ލިބުނީ ފަސް ޕޮއިންޓެވެ. ތިންވަނަ ހަތަރު ޕޮއިންޓާއެކު ލިބި ދެވަނަ ބުރަށް ދަތުރުކުރީ ކޮންގޯއެވެ.

ފުރަތަމަ ހާފްގައި ކޮލަމްބިއާ ތަކުރާރުކޮށް ޕޯޗުގަލްގެ ގޯލަށް ނުރައްކާ ކުރިއެވެ. ލުއިސް ޑިއާސްގެ ހުރަހަކުން ކޯޑޮބާ ބޮލުން ފޮނުވާލި ހަމަލާ ގޯލް މަތިން ބޭރަށް ދިޔައިރު، 17 ވަނަ މިނެޓްގައި ވެސް ކޯޑޮބާ ހަމަލާ ޕޯޗުގަލް ކީޕަރު ދިފާއުކުރިއެވެ.

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ 24 ވަނަ މިނެޓްގައި ހިލޭ ޖެހުމަކުން ފޮނުވާލި ހަމަލާ ކޮލަމްބިއާ ކީޕަރު ކަމިލޯ ވާގަސް ދިފާއުކުރިއެވެ. ޕޯޗުގަލްއަށް މުޅި މެޗުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ 39 ވަނަ މިނެޓްގައި ބްރޫނޯ ފެނާންޑޭޒަށް ކަމަށް ވިޔަސް، ކީޕަރު ވާގަސް ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފްގައި ވެސް ކޮލަމްބިއާ ގެންދިޔައީ ޕޯޗުގަލްގެ ގޯލަށް ނިރައްކާ ކުރަމުންނެވެ. ކޮލަމްބިއާ ޑިފެންޑަރު ސަންޗޭޒް ބޮލުން ވައްދާލި ލަނޑެއް ނިންމާ ހިސާބުގައި ކެންސަލްކުރީ އޮފްސައިޑް ކަމަށް ބަލައިގެންނެވެ.

ޕޯޗުގަލް ދެން ބައްދަލުކުރާނީ ކްރޮއޭޝިއާއާ ދެކޮޅަށް ކަމަށްވާއިރު، ކޮލަމްބިއާ ނުކުންނާނީ ގާނާއާ ދެކޮޅަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *