ދިވެހިން ކަރުދާހުގެ ތެރޭގައި ތަތްވެފައި ތިބެގެން ނުވާނެ ކަމަށް ބާރަށު ދާއިރާ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލާއި ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ފާސްވެ، ރާއްޖެ ޙަޤީޤީ ޑިޖިޓަލް ބަދަލަކަށް ތައްޔާރުވުން ލާޒިމު ކަމަށެވެ.
ކުރީ ސަރުކާރުތަކުގައި ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުވި މައްސަލައަށް ވެސް ބިލު ހެދި ހައްލު ލިބިދާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ހުރިހާ ސްކޫލަކަށް އިންޓަނެޓް ލިބޭ ގޮތް ހައްދަވައި، "މާވެހި" ފަދަ ޑިޖިޓަލް ޚިދުމަތްތައް ތައާރަފް ކުރެއްވި ކަމަށް ވެސް ޝުޖާއު ފާހަގަ ކުރެއްވިއެވެ.
ޒަމާނީ ޓެކްނޮލޮޖީއަށް ހޭނި، ޑިޖިޓަލް ބަދަލުގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައިދިނުުމަށް ގޮވާލައްވައި ވިދާޅުވީ، ދުނިޔެ ބަދަލުވަނިކޮށް ކަރުުދާހުުގައި ތަތްވެ ތިބެ ގެން ކުރިއެރުުން ހޯދިދާނެ ގޮތެއް ނޯންނާނެ ކަމަށެވެ.





