މީހަކު މަރަން ބައިވެރިވި ދެމީހުން 2 އަހަރާއި 6 މަހަށް ޖަލަށްލައި، ކައްފާރާ އަދާކުރަން ހުކުމްކޮށްފި

މީހަކު މަރަން ބައިވެރިވި ދެމީހުން 2 އަހަރާއި 6 މަހަށް ޖަލަށްލައި، ކައްފާރާ އަދާކުރަން ހުކުމްކޮށްފި

މީހަކު މަރަން ބައިވެރިވި ދެމީހުން ދެ އަހަރާއި ހަ މަސްދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައިގައި މިދިޔަ ބުރާސްފަތިދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، އާއިޝަތު ޝާއިރާ ކިޔާ އަންހެނަކާއި މުހައްމަދު އިމްތިޔާޒް ކިޔާ ފިރިހެެނެއްގެ މައްޗަށެވެ.

އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުން، އެ ދެމީހުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާއި، 30 ވަނަ މާއްދާގެ (ހ)ގެ ތިންވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުންނާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ދެމީހުން ދެ އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

މައްސަލައިގައި ހުކުމްކޮށް، ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ 43 ވަނަ މާއްދާގެ (ހ) އާއި (ށ) ދަށުން، ކައްފާރާގެ ގޮތުގައި ވިދިވިދިގެން 60 ދުވަހު ރޯދަހިފުމަށް ވެސް މި ހުކުމްގައި ޝާއިރާ އާއި އިމްތިޔާޒް އަށް ވަނީ އަންގައިފައެވެ.

ނަމަވެސް މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުުމުގެ ގޮތުން މި މައްސަލައިގެ ރިޕޯޓް ކުރިމިނަލް ކޯޓުން ހާމަކޮށްފައި ނުވާތީ މިހާތަނަށް މިއީ ކޮން މައްސަލައެއްކަން ސާފެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *