ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު ޑެބިޓް ކާޑުން ވިޔަފާރިކޮށްގެން ކޮންމެ ހަފުތާއަކު 1،000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފިއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ބީއެމްއެލްގެ ވިސާ ޑޮލަރު ޑެބިޓް ކާޑަށް އެޕްލައިކޮށް، ކާޑު އެކްޓިވޭޓް ކުރުމަށްފަހު، މަދުވެގެން 100 ޑޮލަރު ހޭދަކުރުމުންނެވެ. ކާޑަށް އެދެވޭނީ ބޭންކްގެ މޯބައިލް އެޕް މެދުވެރިކޮށެވެ.
އޮންލައިން ވިޔަފާރި، ސަބްސްކްރިޕްޝަންތައް، ދަތުރުފަތުރުގެ ފައިސާ ދެއްކުން، އަދި ޑިޖިޓަލް ހިދުމަތްތަކަށް ފަދަ ކަންކަމަށް ފަސޭހައިން ބޭނުންކުރެވޭ މި ކާޑުގެ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.





