ފުޓުބޯޅައިގެ ރަސްގެފާނު ކަމަށް ދައުވާކުރާ ބްލެޒިލްއަށް މޮރޮކޯ ކައިރިން މިވީ ކިހިނެއް؟

ފުޓުބޯޅައިގެ ރަސްގެފާނު ކަމަށް ދައުވާކުރާ ބްލެޒިލްއަށް މޮރޮކޯ ކައިރިން މިވީ ކިހިނެއް؟

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ ނިމިއްޖެއެވެ.

ނިއުޔޯކް ނިއުޖަރޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ލީޑު ފުރަތަމަ ނެގީ މޮރޮކޯއިންނެވެ. ވަރަށް ފޯރިއާއެކު ކުޅެން ފެށި މޮރޮކޯގެ ޕްރެޝަރުގައި ބްރެޒިލުން ގިނަ ގޯސްތަކެއް ހެދިއެވެ.

21 ވަނަ މިނެޓުގައި ބްރަހީމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އިސްމާއީލް ސައިބާރީ ލަނޑު ޖަހައި މޮރޮކޯ ލީޑް ނެގިއެވެ. ވޯލްޑް ކަޕްގައި ބްރެޒިލްގެ ކޮޅަށް މޮރޮކޯ ލަނޑެއް ޖެހި ފުރަތަމަ ފަހަރަކީ މިއެވެ.

ނަމަވެސް 10 މިނެޓް ތެރޭ، 32 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއަރ ހުނަރުވެރިކަމާއެކު ފޮނުވާލި ހަމަލާ ގޯލަށް ވަދެ ބްރެޒިލުން ނަތީޖާ 1-1 ހަމަހަމަ ކުރިއެވެ.

ފުރަތަމަ ހާފުގައި ބްރެޒިލް ފެނިގެންދިޔައީ ބޮޑެތި މުބާރާތްތަކުގައި ފެންނަ ފެންވަރަށްވުރެ ދަށްކޮށެވެ. ދެވަނަ ހާފަށް ދެ ބަދަލަކާއެކު ނުކުމެ ކުޅުން ރަނގަޅު ކުރި ނަމަވެސް، މޮރޮކޯގެ ވަރުގަދަ ދިފާއު ފޫ އަޅުވާލޭ ގޮތް ނުވިއެވެ.

ދެ ޓީމަށްވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ދެ ވަނަ ބުުރުގައި މޮރޮކޯ ކުޅޭނީ ސްކޮޓްލަންޑާ ދެކޮޅަށެވެ. ބްރެޒިލް ނިކުންނާނީ ހައިޓީއާ ދެކޮޅަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *