ލޯކަލް ޓޫރިޒަމް ކުރިއެރުވުމުގައި މާފުއްޓާއި ތޮއްޑޫއާއި އުކުޅަހުން ދަސްކުރަންޖެހޭ ފިލާވަޅުތަކެއް އެބަހުރި: ފިރާގު

ލޯކަލް ޓޫރިޒަމް ކުރިއެރުވުމުގައި މާފުއްޓާއި ތޮއްޑޫއާއި އުކުޅަހުން ދަސްކުރަންޖެހޭ ފިލާވަޅުތަކެއް އެބަހުރި: ފިރާގު

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ވިޔަފާރިވެރިޔާ މުޙައްމަދު ފިރާޤް، ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ ކާމިޔާބީއާ ގުޅޭގޮތުން އަގުހުރި ޚިޔާލުތަކެއް ހިއްސާ ކުރައްވައިފިއެވެ.

ފިރާޤްގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކ. މާފުށި، އއ. ތޮއްޑޫ އަދި އއ. އުކުޅަސް ފަދަ ރަށްތަކުން ފަތުރުވެރިކަން ތަރައްޤީކުރުމުގައި ދައްކާފައިވަނީ ނަމޫނާ މިސާލުތަކެއް ކަމަށެވެ. އެ ރަށްތަކުން މިއަދު ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައިވަނީ ރަށުގެ މުސްތަޤުބަލަށްޓަކައި ނިންމި ހަރުދަނާ ނިންމުންތަކާއި، ސަރުކާރާ ގާތުން ކުރި މަސައްކަތްތައްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ޓުވަރިސްޓު މަންޒިލްތަކުން އެ ރަށްތަކުގެ މުސްތަޤުބަލަށް ގޮތްތައް ނިންމުމުގައި ސަރުކާރާ ގުޅިގެން މަސައްކަތްކޮށް، މުޖުތަމައުއަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދީފައިވާކަން ފިރާޤް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ރަށްތަކުގެ ފަތުރުވެރިކަން ކުރިއަރުވަން ކެރިގެން ބައެއް ފަހަރު އުނދަގޫ ފިޔަވަޅުތަކެއް އެޅި ނަމަވެސް، މިއަދު ފެންނަން އޮތީ އެކަމުގެ ފޮނި ނަތީޖާއެވެ.

"މިއީ އަޅުގަނޑުމެންގެ އަމިއްލަ މަންޒިލްތަކުގެ މުސްތަޤްބަލަށް ރާވާއިރު، އަޅުގަނޑުމެން ވިސްނައި، އަލުން ވިސްނަންޖެހޭ ކަމެއް. ކުރިއަށް ދިއުމުގައި އޮންނަ ސަރުކާރެއްގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާނެ. އަދި އެ ދާއިރާއެއް ތަމްސީލުކުރާ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުންވެސް މުހިންމު،" ފިރާޤް ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތަކުގައި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ މި ދަނޑިވަޅުގައި، ކާމިޔާބު މަންޒިލްތަކުގެ ތަޖުރިބާއިން ފިލާވަޅު ލިބިގަތުމަކީ ދާއިރާގެ ކުރިމަގަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އޭނާގެ ވާހަކައިގައި ބާރުއެޅުއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *