ފީފާ ވޯލްޑް ކަޕް 2026ގެ ޓެކްނޮލޮޖީ މެނޭޖަރަކަށް ދިވެއްސަކު ހަމަޖައްސައިފި

ފީފާ ވޯލްޑް ކަޕް 2026ގެ ޓެކްނޮލޮޖީ މެނޭޖަރަކަށް ދިވެއްސަކު ހަމަޖައްސައިފި

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗު ބާއްވާ ދަނޑު ހިމެނޭހެން، އެންމެ މުހިންމު ދަނޑުތަކުގެ ލީޑް ވެނިއު ޓެކްނޮލޮޖީ މެނޭޖަރެއްގެ ގޮތުގައި ދިވެއްސަކަށް ފުރުސަތު ލިބިއްޖެއެވެ.

މި ފަޚުރުވެރި ފުރުސަތު ލިބިފައިވަނީ އެމެރިކާގައި ދިރިއުޅެމުން އަންނަ ދިވެހި އައިޓީ މާހިރު މުހައްމަދު ޝާހީނަށެވެ. ޝާހީން ވަނީ ނިއުޔޯކުގެ ވާދަވެރި އައިޓީ ދާއިރާގައި ފައިތިލަ ސާބިތުކޮށް، ކްލައުޑް އިންފްރާސްޓްރަކްޗާ، ސައިބަ ސެކިއުރިޓީ، އެންޓަޕްރައިޒް ނެޓްވޯކިން، އަދި އައިޓީ އޮޕަރޭޝަންތަކަށް ހާއްސަ "ވިޓް ސޮލިއުޝަންސް" ގެ ނަމުގައި ކުންފުންޏެއް ހަދަވާފައެވެ. ފީފާ ވޯލްޑް ކަޕްގެ ޕްރޮޖެކްޓް ލިބިފައިވަނީވެސް މި ކުންފުންޏަށެވެ.

ޝާހީން ބުނިގޮތުގައި، މި އަހަރު ޖެނުއަރީ މަހު ފީފާ ވޯލްޑް ކަޕް އިންތިޒާމް ކުރާ ފަރާތުން ފޮނުވި އީމެއިލް ފުރަތަމަ ފެނުނީ ސްޕޭމް މެއިލެއްގެ ގޮތުގައެވެ. ނަމަވެސް ފަހުން ސައްހަ މެއިލްއެއްކަން ޔަގީންވުމުން، ކުންފުންޏަށް ލިބުނު ބޮޑު ބައިނަލްއަގްވާމީ ފުރުސަތެއްގެ ގޮތުގައި ދެކެވަޑައިގެން ހިތްވަރާ އެކު ކުރިއަށް ވަޑައިގެންނެވިކަމަށް ހާމަ ކުރެއްވިއެވެ.

ޝާހީންގެ ޒިންމާތަކުގެ ތެރޭގައި ޓެކްނޮލޮޖީ ޑިޒައިން ކުރުމާއި، ސިސްޓަމް އިންޓަގްރޭޝަން، އޮޕަރޭޝަނަލް ރެޑިނެސް ޓެސްޓިން، ގޮންޖެހުންތަކަށް ތައްޔާރުވުމުގެ ޕްލޭންތައް ހެދުން، އަދި ދަނޑުތަކުގައި ޓެކްނޮލޮޖީ ޕްލޭނިން ހިންގުން ހިމެނެއެވެ. ޝާހީންގެ މި ކާމިޔާބީ ވެގެންދަނީ، ބައިނަލްއަގްވާމީ ފެންވަރުގައި ދިވެހި ޕްރޮފެޝަނަލުންނަށް ލިބިދޭ ފުރުސަތުތަކާ ގުޅޭ ފަޚުރުވެރި ނަމޫނާ ދައްކުވައިދޭ ކާމިޔާބީ އެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *