ރާއްޖެއިން ލިބޭ ފަރުވާއަށްވެސް ރާއްޖޭން ބޭރުން އާސަންދަ ދޭން ސަރުކާރުން ނިންމައިފިއެވެ.
"ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު"އަށް މިއަދު ގެނައި އިސްލާހުގައި ބުނެފައިވަނީ، ރާއްޖެއިން ލިބެންހުރި ފަރުވާ ލިބުމުގައި ހުރި ދަތިތަކާއި ވަށައިގެންވާ އެހެނިހެން ކަންތަައްްތަކަށް ރިއާޔަތްކޮށް ރާއްޖެެއިން ލިބެން ހުރި ފަރުވާއެއްް ހޯދުމަށްވެސް ރާއްޖެއިން ބޭރަށް ދާން އާސަންދަ ދޭން ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން އާސަންދައިގެ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ދެވޭނީ ހަމައެކަނި ރާއްޖެއިން ލިބެން ނެތް ފަރުވާތައް ހޯދުމަށެވެ.
"ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު" އަށް ބަދަލު ގެނެސް އަލުން ގެޒެޓުކުރި އިރު ރާއްޖެއިން ބޭރަށް އާސަންދަ އެހީ ދޭ ގޮތްތަކަށް ވަނީ ބަދަލު ތަކެއް ގެނެސްފައެވެ.
ގަވައިދުގައި މިހާރު އޮތް ގޮތުން ރާއްޖެއިން ބޭރަށް ދެވޭނެ ހާލަތްތައް:
- ބަލީގެ ބާވަތާއި ބަލިމީހާގެ ހާލަތާއި ރާއްޖޭގައި ލިބެން ހުރި ފަރުވާ ލިބުމުގައި ހުރި ދަތިތަކާއި ވަށައިގެންވާ އެހެނިހެން ކަންތައްތަކަށް ރިއާޔަތްކޮށް ރާއްޖެއިން ލިބެންހުރި ފަރުވާއެއް ހޯދުމަށް.
- ސްކީމުން ހުއްދަކުރާ ރާއްޖެއިން ލިބެން ނެތް ހިދުމަތަކަށް ރިފާކުރުން
- ސްކީމުގައި ރަޖިސްޓްރީ ކުރެވިފައިވާ ހިދުމަތްދޭ މަރުކަޒެެއްގައި ދެވޭ ހިދުމަތްތަކުގެ ތެރެއިން ސްކީމުގެ ދަށުން ރަޖިސްޓްރީ (އެމްޕެނަލް) ކުރެވިފައިނުވާ ހިދުމަތެއް ހޯދުމަށް.
މިއަދު ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ރަށްރަށުން ފަރުވާއަށް މާލެ އައިސް ބޭރަށް ފަރުވާއަށް ގޮސް އަންނަ މީހާ އެނބުރި ރަށަށް ދާންވެސް އާސަންދަ އެހީ ދިނުމަށްވެސް ވަނީ ނިންމާފައެވެ.





