ދެ ކިލޯއަށްވުރެން ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި އިންޑިއާ ދެމަފިރިން ބަންދުގައި ބެއިތިއްބުމުގެ މުއްދަތު ކުރިމިނަލް ކޯޓުން އިތުރު ކޮށްފިއެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހައްޔަރުކުރި އިންޑިއާ ދެމަފިރިންނަކީ، އިމްރާން ޕާޝާ (33އ) އާއި ކްރިސް އެމްބްރީސިޔާ (27އ) އެވެ. އެ ދެމީހުންގެ ބަންދުގެ މުއްދަތު އެންމެ ފަހުން އިތުރު ކުރީ އިއްޔެއެވެ.
އެ މައްސަލައިގެ ތަހުގީގުގެ މުއްދަތު ފުލުހުންގެ ފަރާރތުން އިތުރު ކުރުމާ ގުޅިގެން، އެ ދެމީހުންގެ ބަންދުގެ މުއްދަތުވެސް އިތުރުކޮށްދިނުމަށް ކުރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ދެމީހުން އިތުރު 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެއިތިެއްބުމަށް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.
އެ ދެ މީހުން ރާއްޖެ އައި އިރު ގެނައި ދެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތަރު ފުޅި ފެނިފައިވާ ކަމަށާއި އެ ފުޅިތަކުން، 2.4 ކިލޯގެ ކެނަބިސް ފެނިފައިވާ ކަމަށްވަނީ ބުނެފައެވެ





