އާސޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ޕީއެސްޖީ ހޯދައިފި

އާސޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ޕީއެސްޖީ ހޯދައިފި

ޔޫއެފްއާ ޗެމްޕިއަންސް ލީގު ފައިނަލުގައި ޕެނަލްޓީ ޝޫޓްއައުޓުގައި 4-3 އިން އާސެނަލް ބަލިކޮށް، ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ޗެމްޕިއަންކަން ހޯދައިފިއެވެ.

ރޭ ކުޅުނު މި މެޗުގެ 4 ވަނަ މިނެޓްގައި ޕީއެސްޖީގެ ޑިފެންޑަރު މާކީނޮސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ހެވާޓްޒް ހަމަޖެހިލައިގެން ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައި އާސެނަލްއަށް ލީޑު ނަގައިދިނެވެ. ހެވާޓްޒް ވަނީ މީގެ ކުރިން ޗެލްސީގައި ހުރެވެސް ޗެމްޕިއަންސް ލީގު ފައިނަލެއްގައި ލަނޑު ޖަހައިފައެވެ. ފުރަތަމަ ހާފުގައި އާސެނަލް ޑިފެންސިވްކޮށް ކުޅުނުއިރު، ސަކާގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ ޕީއެސްޖީ ކުރި އެޕީލް ރެފްރީ ގަބޫލެއް ނުކުރިއެވެ.

ދެވަނަ ހާފުގެ 62 ވަނަ މިނެޓްގައި ކްވަރަޓްސްކެލިއާއަށް މޮސްކެރާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ، ބެލެންޑޯ ކާމިޔާބުކުރި އުސްމާން ޑެމްބެލޭ ވައްދާލައި ނަތީޖާ ހަމަހަމަކުރިއެވެ. ކްވަރަޓްސްކެލިއާގެ ހަމަލާ ދަނޑީގައި ޖެހި، 1-1 އިން ފުރިހަމަ ވަގުތު ނިމުނެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި އާސެނަލްގެ އެޒޭ އާއި ގެބްރިއެލް ބޭރަށް ޖެހިއިރު، ގޯލްކީޕަރު ރާޔާ ޕީއެސްޖީގެ ތިންވަނަ ޕެނަލްޓީ މަތަކުރިއެވެ. ނަމަވެސް ލޫކަސް ބެރާލްޑޯ ޕީއެސްޖީގެ ފަސްވަނަ ޕެނަލްޓީ ކާމިޔާބުކުރުމަށްފަހު، ގެބްރިއެލްގެ ފަހު ޕެނަލްޓީ ބޭރަށް ދިޔުމާއެކު ޕީއެސްޖީއަށް ތަށި ޔަގީންވީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *