މި ރޭ އުޑުމަތިން "ބްލޫ މޫން" ފެންނާނެ

މި ރޭ އުޑުމަތިން "ބްލޫ މޫން" ފެންނާނެ

މި ރޭ، އުޑުމަތި އަލިކޮށްލާނީ "ނޫ ހަނދު" ންނެވެ. އެވްރެޖްކޮށް ކޮންމެ ދެތިން އަހަރަކުން އެއް ފަހަރު ފެންނަ މި ހަނދަކީ ވަރަށް މަދުން ނޫނީ ނުފެންނަ ހަނދެކެވެ.

ބްލޫ މޫން ނުވަތަ ނޫ ހަނދުގެ އެންމެ މަޝްހޫރު މާނައަކީ، މަހެއްގެ ތެރޭގައި ފެންނަ ދެ ވަނަ ފުލް މޫނެވެ. "ބްލޫ މޫން" ގެ ނަން ލިބިފައިވި ކަމުގައިވިޔަސް، ހަނދު ހުންނާނީ ސީދާ ނޫ ކުލައަކުން ނޫނެވެ. ހޫނު މޫސުމުގައި ރޯވި އަލިފާންތަކުގެ ސަބަބުން ހަނދު އޮރެންޖް ނޫނީ ރަތް ކުލައިގައި ފެނިދިޔުންވެސް އެކަށީގެންވެއެވެ. ނަމަވެސް އެންމެ ބޮޑަށް ބެލެވެނީ ހަނދު އާދަޔާ ހިލާފު ހުދު ކުލައެއްގައި ފެނުމެވެ.

ބައެއް ފަހަރު އަހަރެއްގެ ތެރޭގައި ދެ ފަހަރުވެސް ނޫ ހަނދު ފެނިދާނެއެވެ. މިގޮތުން 2018 ވަނަ އަހަރުގެ ޖެނުއަރީ އަދި މާރިޗު މަހުގައި ނޫ ހަނދު ފެނިގެންދިޔައެވެ. މިގޮތަށް ދެން ނޫ ހަނދު ފެންނާނީ 2037 ވަނަ އަހަރުގައެވެ. ނާސާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ނޫ ހަނދު އެންމެ ފުރަތަމަ ފެނިފައިވަނީ 1528 ވަނަ އަހަރުގައެވެ.

ނޫ ހަނދާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގައި ތަފާތު ނަންތައް ކިޔައި އުޅެއެވެ. ބައެއް ސަރަހައްދުތަކުގައި މި ހަނދަށް "ސޮލްމަން ހަނދު" ގެ ނަން ދީފައިވަނީ، ސޮލްމަން މަސް ބައެއް ސަރަހައްދުތަކުން ފެންނަން ފަށާ ދުވަސްވަރާ ދިމާވާތީ ކަމަށް ބެލެވެއެވެ. މީގެ އިތުރުން "ވޫލްފް މޫން" ނުވަތަ "ހާވެސްޓް މޫން" ގެ ނަމުން ވެސް ބައެއް ފަރާތްތައް މި ހަނދަށް ނިސްބަތްކޮށް ކިޔައި އުޅެއެވެ.

މިއީ ވަރަށް މަދުން ފެންނަ ހަނދެއްކަމުން، ގިނަ ބަޔަކު ހަނދާ ގުޅުވައިގެން ލަވަ ވެސް ހަދާފައިވެއެވެ. ފާހަގަކޮށްލެވޭ ލަވައެއް ކަމަށްވާ "ވަންސް އިން އަ ބްލޫ މޫން" އަކީ ވެސް ބްލޫ މޫންގެ މަދުކަން ތަސްވީރުކޮށްދޭ ލަވައެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *