ލީގުގެ ފަހު މެޗުގައި ލެވަންޑޯސްކީ ލަނޑު ޖެހި ނަމަވެސް ބާސެލޯނާ ބަލިވެއްޖެ

ލީގުގެ ފަހު މެޗުގައި ލެވަންޑޯސްކީ ލަނޑު ޖެހި ނަމަވެސް ބާސެލޯނާ ބަލިވެއްޖެ

ސްޕެނިޝް ލީގުގެ ފަހު މެޗުގައި ވެލެންސިއާގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން 3-1 އިން ބާސެލޯނާ ބަލިވިއިރު، ކުލަބު ދޫކޮށްލާ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ބާސެލޯނާ އަށް ކުޅެދިން އެންމެ ފަހު މެޗުގައި ލަނޑު ޖަހައިފިއެވެ.

މެޗުގެ ދެ ވަނަ ހާފުގެ 61 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ލެވަންޑޯސްކީ އެވެ. ނަމަވެސް ލީޑު ނެގިތާ ފަސް މިނެޓު ފަހުން ހަވީ ގުއެރާ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އޭގެ ފަހުން 71 ވަނަ މިނެޓުގައި ލުއިސް ރިއޯޖާ ވެލެންސިއާ އަށް ލީޑު ނަގައިދިންއިރު، ގުއިޑޯ ރޮޑްރިގޭޒް ވަނީ ތިން ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދީފައެވެ.

މިއީ ބާސެލޯނާގެ އެއްބަސްވުން ހަމަވުމާ ގުޅިގެން ލެވަންޑޯސްކީ އެ ކުލަބަށް ކުޅެދިން އެންމެ ފަހު މެޗެވެ. މި ސީޒަނަށް ފަހު އޭނާ ބާސެލޯނާ ދޫކޮށްލާނެއެވެ.

މި ސީޒަންގެ ލީގުގައި ބާސެލޯނާ އިން 38 މެޗު ކުޅެ 31 މެޗުން މޮޅުވެ، އެއް މެޗު އެއްވަރުވެ، ހަ މެޗުން ބަލިވެފައިވާއިރު، 94 ޕޮއިންޓާ އެކު ޗެމްޕިއަންކަން ވަނީ ކަށަވަރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *