ކެބިނެޓުން ޖާގައެއް ދޭން ރައީސް އަރިހު ނަޝީދު އެދުނު، ސަރުކާރާ ދެކޮޅުވީ ޖާގައެއް ނުދިނުމުން: ޝުޖާއު

ކެބިނެޓުން ޖާގައެއް ދޭން ރައީސް އަރިހު ނަޝީދު އެދުނު، ސަރުކާރާ ދެކޮޅުވީ ޖާގައެއް ނުދިނުމުން: ޝުޖާއު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުން ވަޒީރުކަމުގެ ޖާގައެއް ދެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންނެވި ކަމަށާއި، އެކަން ހަމަނުޖެހުމުން ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންނެވީ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.

އއ. ތޮއްޑޫ އިންތިޚާބީ ކައުންސިލް އަދި އަނެހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަދަ އްކަވަމުން، މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރުކަން ކުރައްވާ ޝުޖާއު ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ވިދާޅުވީ ނަޝީދު ކުރިން މި ސަރުކާރަށް ވަރަށް ބޮޑަށް ތާއީދުކުރެއްވި ކަމަށެވެ.

"ނަޝީދު ވިދާޅުވީ އަޅުގަނޑުމެންގެ ކައިރީގައި އެބަޖެހެޔޭ މި ސަރުކާރުގެ ކެބިނެޓުން ވަޒީރުކަމެއް ދޭން،" ޝުޖާއު ވިދާޅުވިއެވެ.

އެކަން ނުވުމުން މައްސަލަ ޖެހިގެން ސައުތު އެފްރިކާއަށް ވަޑައިގެންނެވީ ކަމަށާއި، މި ކަމަށް ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ހަސަން ލަތީފްވެސް ހެކިވެވަޑައިގަންނަވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ރައީސް މުޢިއްޒަށް ވެރިކަން ކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން މިއަދު ލިބިފައިވަނީ ރައީސް މުޢިއްޒަށް ނިޒާމު ރަނގަޅަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ.

ނަޝީދު ރާއްޖެ އެނބުރި ވަޑައިގަތުމަށްފަހު، އެމްޑީޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ، ނަޝީދު ގެންދަވަނީ މި އަހަރު ނިމުމުގެ ކުރިން ވެރިކަން ބަދަލު ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *