2023 ގެ ރިޔާސީ އިންތިޚާބު ނާކާމިޔާބުވީ ސޯލިޙަށް އޮތް މަގުބޫލުކަން ކުޑަވުމުން، ބައިބައިވެގެނެއް ނޫން: ނަޝީދު

2023 ގެ ރިޔާސީ އިންތިޚާބު ނާކާމިޔާބުވީ ސޯލިޙަށް އޮތް މަގުބޫލުކަން ކުޑަވުމުން، ބައިބައިވެގެނެއް ނޫން: ނަޝީދު

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބުވީ ޕާޓީ ދެބައިވެގެން ނޫން ކަމަށާއި، އެންމެ ބޮޑު ސަބަބަކީ އެ ޕާޓީގެ ކެންޑިޑޭޓު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އޮތް މަގުބޫލުކަން ކުޑަވުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނުރަސްމީ އެކްސް އެކައުންޓުގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވިއިރު، އެމްޑީޕީން ދެކޭ ގޮތުގައި އެ އިންތިޚާބުގެ ނާކާމިޔާބީގެ އެންމެ ބޮޑު ސަބަބަކީ ޕާޓީ ދެބައިވުމެވެ. ޖަނަވަރީ 28، 2023ގައި ބޭއްވި ޕްރައިމަރީން ޞާލިޙް ކާމިޔާބުކުރެއްވުމާ އެކު ދެ ފެކްޝަންގެ ކޯޅުން ގޯސްވެ، ނަޝީދު ޖޫން 21، 2023ގައި ޕާޓީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް އުފެއްދެވިއެވެ. ނަމަވެސް އެ ޕާޓީގެ ކެންޑިޑޭޓަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ ހަތް އިންސައްތަ ވޯޓެވެ. ދެވަނަ ބުރުގައި އެމްޑީޕީއާ ގުޅެން ޑިމޮކްރެޓްސްއިން ދެކޮޅު ހެދުމާއެކު ޞާލިޙް އިންތިޚާބުން ނާކާމިޔާބުވީއެވެ.

މިދިޔަ އަހަރުގެ ޖޫން 23ގައި ނަޝީދާއި އަދި ތާއީދު ކުރައްވާ ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ނަމަވެސް، ޗެއާޕާސަން އިންތިޚާބާ ގުޅިގެން ދެ ލީޑަރުންގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. ޞާލިޙް ތާއީދު ކުރައްވަނީ މީކާއީލް އަޙްމަދު ނަސީމަށް ކަމަށް ވިދާޅުވެފައިވާއިރު، ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތްކުރެއްވި ނަމަވެސް ޕާޓީގެ އެތެރޭގެ ރޭހުގައި ދެ ބޭފުޅުންގެ ބަހުގެ ހަމަލާތައް ހުއްޓުމެއް ނެތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *