ރޮނާލްޑޯގެ ދެ ގޯލާއެކު އަލް ނަސްރުން ސައުދީ ލީގު ޗެމްޕިއަންކަން ހޯދައިފި

ރޮނާލްޑޯގެ ދެ ގޯލާއެކު އަލް ނަސްރުން ސައުދީ ލީގު ޗެމްޕިއަންކަން ހޯދައިފި

ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރުން ރޭ ކުޅުނު ސައުދީ ޕްރޯ ލީގުގެ ފަހު މެޗުގައި ދަމަކް އަތުން 4-1 އިން މޮޅުވެ، ކްލަބުގެ ތާރީހުގައި 11 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ 2019 ވަނަ އަހަރުގެ ފަހުން އަލް ނަސްރުން ސައުދީ ލީގު ހޯދި ފުރަތަމަ ފަހަރެވެ. އަދި 2022 ވަނަ އަހަރުގެ ފަހުކޮޅު އަލް ނަސްރާ ގުޅުނު 40 އަހަރުގެ ރޮނާލްޑޯ އަށް އެ ކްލަބާ އެކު ހޯދުނު ރަސްމީ ފުރަތަމަ ތަށްޓެވެ.

ރޭގެ މެޗުގައި އަލް ނަސްރުން ލީޑުނެގީ 34 ވަނަ މިނިޓްގައި ޖޮއާއޯ ފެލިކްސްގެ ކޯނަރަކުން ސަޑިއޯ މާނޭ ބޮލުން ޖެހި ގޯލުންނެވެ. ދެ ވަނަ ހާފު ފެށިގެން ހަތް މިނިޓް ތެރޭ ކިންގްސްލީ ކޯމަން ލީޑު ފުޅާކުރި ނަމަވެސް، ދަމަކުގެ މޯލާއޭ ސިލާ ޕެނަލްޓީއަކުން ފަރަގު ކުޑަކުރިއެވެ. އެއަށް ފަހު ރޮނާލްޑޯ ވަނީ ހިލޭ ޖެހުމަކުންނާއި ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލި ހިތްގައިމު ގޯލަކުން މެޗު ޔަގީންކޮށްދީފައެވެ.

ރޭގެ މެޗަށް ނުކުތްއިރު އަލް ހިލާލް މޮޅުވެ، އަލް ނަސްރަށް މޮޅުނުވެވިއްޖެ ނަމަ ލީގު ގެއްލުމުގެ ފުރުސަތު އޮތެވެ. ނަމަވެސް އަލް ނަސްރުގެ ނަތީޖާއާ އެކު ތަށި ޔަގީންވީއެވެ. މި ސީޒަނުގައި ޖެހިޖެހިގެން 20 މެޗުން މޮޅުވުމުގެ ރެކޯޑެއް ގާއިމްކޮށް، އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ފައިނަލުން ބަލިވި ނަމަވެސް، ޑޮމެސްޓިކް ލީގުގެ ތަށްޓާ އެކު އަލް ނަސްރުން ސީޒަން ނިންމައިލީ ކާމިޔާބީގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *