ދެ އަހަރާ ބައިތެރޭ 1،100 ހެކްޓަރަށްވުރެ ގިނަ ބިން ހިއްކައިފިން: ރައީސް

ދެ އަހަރާ ބައިތެރޭ 1،100 ހެކްޓަރަށްވުރެ ގިނަ ބިން ހިއްކައިފިން: ރައީސް

ފާއިތުވެދިޔަ ދެ އަހަރާ ބައިގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 1،100 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މުޅިން އަލަށް ތައާރަފްކުރި "ނޭޝަން ޗެޓް" ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގާތްގަނޑަކަށް 21 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން ރަސްމާލެ އެކަނިވެސް ގާތްގަނޑަކަށް 500 ހެކްޓަރު ހިއްކިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި، އުމްރާނީ ތަރައްގީއަކީ ގައުމެއްގެ ކުރިއެރުމުގެ ބިންގާ ކަމަށާއި، ހޭދަވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ހޯދިފައިވާ ކާމިޔާބީތަކަކީ ފަހުރުވެރިވެ ވަޑައިގެންނެވޭ ކަންކަމެވެ. ބޯހިޔާވަހިކަމަކީ ސަރުކާރުގެ އެންމެ ކުރީ ސަފުގެ ސިޔާސަތު ކަމަށްވާތީ، ކުރީ ސަރުކާރުން ފެށި ހައުސިން މަޝްރޫއުތައް ތިލަ ނިންމައި ހައްގުވެރިންނަށް ހަވާލުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ފަހިދިރުއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހިންގި 4،000 ފްލެޓްގެ ބިޔަ މަޝްރޫއު ނިންމައި، ރައްޔިތުންނަށް ވަދެ ދިރިއުޅެވޭ ހާލަތަށް ގެނެވިފައިވާ ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. ހަމައެއާ އެކު، މާލޭގެ ތޮއްޖެހުން ލުއިކޮށް ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލެ ފޭސް 3، ގިރާވަރުފަޅު، ގުޅީފަޅު، ރަސްމާލެ، އަދި އުތުރުތިލަފަޅުގައި ގޯތި ހަވާލުުކުުރުުމާއި ބޯހިޔާވަހިކަމުުގެ ހައުސިން ޔުުނިޓްތައް ތަރައްގީ ކުުރުުމުުގެ މަސައްކަތް ބާރު ދުުވެއްޔެއްގައި ކުުރިއަށްދާ ކަމަށް ވިދާޅުުވިއެވެ.

ރައީސް މުއިއްޒު ރައްޔިތުންނަށް ޔަގީންކަން ދެއްވި ގޮތުގައި، ދޫކުުރުުމަށް ހަމަޖެހިފައިވާ ހުުރިހާ ގޯއްޗެއް ރަސްމީކޮށް ހަވާލުުކުުރެވޭނީ ބިން ހިއްކުމުގެ މަސައްކަތް ފުރިހަމައަށް ނިމުމަށްފަހުގައި ކަމަށާއި، ގެދޮރު ތަރައްގީކުުރުުމަށް ބޭނުުންވާ ހާއްސަ ލޯނުުގެ ޕްރޮގްރާމެއްވެސް ހިންގުުމުގެ ތެރޭގައި ކަމުުގައި ވިދާޅުުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *