ދިރާގު ބިލްޑިންގ ގޮއްވާލަން އިންޒާރުދިން މީހަކު ޖަލަށް ލައިފި

ދިރާގު ބިލްޑިންގ ގޮއްވާލަން އިންޒާރުދިން މީހަކު ޖަލަށް ލައިފި

އައިސިސް މީހެއް ކަމަށް ބުނެ، ދިރާގު ގޮއްވާލާނެ ކަމަށް އިންޒާރުދިން މީހަކު ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށްލުމަށް ހުކުމް ކުރީ، ގއ. ގެމަނަފުށި ރަންކޮކާގެ ނަދީފް މުހައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ، އާއްމު ތަނެއްގައި ހުރި މީހަކު އެ މީހެއްގެ އަމަލު ތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫ ވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަގުސަދު ހާސިލު ނުވާނެ އަމަލަކުން މީހުން ބިރުގަންނަފަދަ، ހާލަތެއް އުފެއްދުމުގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް މި ދައުވާ ކުރީ 17 ޖުލައި 2022 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ ދިރާގު ފިހާރައަށްވަދެ އެ ފިހާރައިގެ ތެރޭގައި އަޑުގަދަކޮށް އޭނާއަކީ އައިސިސް ޖަމާއަތަށް ނިސްބަތްވާ މީހެއް ކަމަށާއި، ބޮން ގޮއްވުން ފަދަ ކަންކަންވެސް ކުރާމީހެއް ކަމަށާއި، ދިރާގުވެސް ގޮއްވާލާނެ ކަމަށް ބުނެ ބިރު ދައްކާފައިވާ މައްސަލައިގައިގައެވެ.

މި މައްސަލައިގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ އޭނާ ޖަލަށްލާން ކުރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ އެއްމަހާއި 24 ދުވަހުގެ މުއްދަތަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *