ހައްޖުވެރިން ފުރުވާލުމުގެ އޮޕަރޭޝަން އެމްއޭސީއެލްއިން ކާމިޔާބުކަމާއެކު ނިންމާލައިފި

ހައްޖުވެރިން ފުރުވާލުމުގެ އޮޕަރޭޝަން އެމްއޭސީއެލްއިން ކާމިޔާބުކަމާއެކު ނިންމާލައިފި

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ދިޔަ ހުރިހާ ޙައްޖާޖީން ފުރުވާލުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކާމިޔާބުކަމާ އެކު ފުރިހަމަ ކޮށްފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، މި ކާމިޔާބީ ހޯދެވުނީ އިސްލާމީ ކަންތައްތަކާ އަދި އައުޤާފާ ބެހޭ ވުޒާރާ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން، އަދި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

ޙައްޖާޖީންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ހަމަޖެހިފައިވާ ތައްޔާރީތަކުގެ ތެރޭގައި ވޯޓަރ ފްރަންޓް އިމާރާތުގައި ހުކުރު ނަމާދުކުރުމުގެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. ހަމައެއާ އެކު، ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި ޙައްޖާޖީންނާ ބައްދަލުކުރި އާއިލާތަކަށް ފަސޭހައިން ތިބެވޭނެ ގޮތް ހޯދައިދީ، ބޭނުންވާ ފެން ފޯރުކޮށްދިނުމާ ވުޟޫ ކުރެވޭނެ ހިތްފަސޭހަ ތަންތަން ވެސް ވަނީ ތަރުތީބުކޮށްދީފައެވެ.

ތައްޔާރީތައް ރާވައި ހިންގުމުގައި، އެ ކުންފުނީގެ މެނޭޖްމަންޓާ، ޕެސެންޖަރ ސާވިސް، ޓާމިނަލް ސާވިސް، އަދި އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ ހިތްވަރުގަދަ މުވައްޒަފުން ގުޅިގެން ކުރި ބުރަ މަސައްކަތް، ކުންފުނިން ވަނީ ވަކިން ފާހަގަ ކޮށްފައެވެ. ހައްޖުވެރިންނަށް ފުރިހަމަ ހިދުމަތް ދިނުމަށް ކޮންމެ ގޮތަކުންވެސް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް، އެމްއޭސީއެލް އިން ވަނީ ޝުކުރު ދަންނަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *