ޗައިނާ ސަމިޓް ނާކާމިޔާބުވީ ޓްރަމްްޕުގެ ސަބަބުން

ޗައިނާ ސަމިޓް ނާކާމިޔާބުވީ ޓްރަމްްޕުގެ ސަބަބުން

ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާއިން އެމެރިކާގެ ބޯއިންގް ކުންފުނީގެ 200 ޖެޓު ގަތުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ މިފަދަ އެއްބަސްވުމަކާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނޫނެވެ. މިއީ ޓްރަމްޕްގެ ވާހަކަތަކުގެ ތެދުކަމާމެދު ސުވާލު އުފެދޭ، އަދި އޭނާއަކީ "ޑީލް" ހެދުމުގައި ކުޅަދާނަ މީހެއްކަމަށް ބުނާ ބުނުމަކީ ހަގީގަތެއް ނޫންކަން ހާމަވާ ކަމެކެވެ.

ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުތަކަށް ބަލާއިރު ފެންނަނީ ނުހަނު ބޮޑެތި ނާކާމިޔާބީތަކެވެ. އޭނާގެ ފުރަތަމަ ދައުރުގައި އުތުރު ކޮރެއާގެ މައްސަލަ ހައްލުކުރާނެ ކަމަށް ބުނި ނަމަވެސް، އެކަން ވެފައިވަނީ ނާކާމިޔާބެވެ. އަދި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމުގައިވެސް ޓްރަމްޕް ވަނީ ފޭލިވެފައެވެ. މީގެ އިތުރުން، 2025 ވަނަ އަހަރު ޗައިނާއާ ދެކޮޅަށް ފެށި ޓެރިފް ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް ވަނީ ނޭދެވޭ އަސަރުތަކަކާ ކުރިމަތިވެފައެވެ. އެމެރިކާއިން ޔޫރަޕާ އެކު އޮންނަ ގުޅުންވެސް ވަނީ ތާރީޚުގައި ނުދާހާ ދަށަށް ގޮސްފައެވެ. އީރާނާ އެކު އުފެދިފައިވާ މައްސަލަތަކާއި އީރާނުގެ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވުމުގެ ސަބަބުން، ދުނިޔޭގެ އިޤްތިޞާދަށާއި ސަލާމަތަށް ދަނީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންނެވެ.

ދުނިޔޭގެ ފެންވަރުގައި ކުރެވުނު ފަހުގެ ސަރވޭއަކުން ދައްކާ ގޮތުގައި، ދުނިޔޭގެ ޤައުމުތަކުގެ މެދުގައި އެމެރިކާއަށް އޮތް ތާއީދާއި މަޤްބޫލުކަން ވަނީ 128 ވަނައަށް ވެއްޓިފައެވެ. މިއީ ރަޝިޔާ އަދި ސީރިއާ ފަދަ ޤައުމުތަކަށް ވުރެވެސް ދަށް ދަރަޖައެކެވެ. ޗައިނާއަށް އޮންނަ ތާއީދު މިހާރު ވަނީ އެމެރިކާއަށް ވުރެ މައްޗަށް ގޮސްފައެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެމެރިކާގެ ބާރު ދަށްވަމުންދާކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅުތަކަކީ ޚާއްޞަކޮށް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއަށް އައިސްފައިވާ ބަދަލުތަކަށް ނިސްބަތްކޮށް ދައްކަވާ ވާހަކަފުޅުތަކެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ޝީ ޖިންޕިންގް އަކީ ވިސްނުންތޫނު ލީޑަރެއް ކަމަށާއި، ޓްރަމްޕް ފަދަ ވެރިއެއްގެ ސަބަބުން އެމެރިކާއިން އަމިއްލައަށް އެޤައުމަށް ދެމުންދާ ގެއްލުންތައް އޭނާއަށް ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށް އާޓިކަލްގައި ބުނެފައިވެއެވެ.

ޗައިނާ ސަމިޓުގެ ނާކާމިޔާބީގެ މައިގަނޑު ސަބަބަކީވެސް އެމެރިކާގެ މިހާރުގެ ދޯދިޔާ ޚާރިޖީ ސިޔާސަތުތަކާއި ދުނިޔޭގެ މަސްރަޙުގައި ޓްރަމްޕްގެ ސަބަބުން އެމެރިކާގެ އިތުބާރު ގެއްލިފައިވުން ކަމުގައި ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *