މާލެ އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފި

މާލެ އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފި

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ ހިމެނޭ ސަރަހައްދަށް ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 10:30 ގެ ނިޔަލަށެވެ.

ސަމާލުގައި ބުނެފައިވާ ގޮތުން، ވަކި ވަގުތުތަކުގައި ގަޑިއަކު 19 އާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައިވެ އެވެ. ވިލާ ގަނޑުގައި ގަޑިއަކު 40 މޭލާ ހިސާބަށް ވައި ގަދަވެ، ކަނޑުުތައް ވެސް ގަދަ ވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މިދިޔަ ހުކުރު ދުވަހު ކަމަށް މެޓް އޮފީހުން ބުންޏެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.

މިއީ މުޅި ރާއްޖެއަށްވެސް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ. ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހެ އެވެ. ވައިވެސް ވަރަށް ގަދަ އެވެ. ބައެއް ސަރަޙައްދުތަކުގެ ކަނޑުތައް ވެސް މި ދުވަސްވަރު ވަރަށް ގަދަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *