ލޭގެ ކެންސަރު ޖެހިފައިވާ އުމުރުން އެންމެ 4 އަހަރުގެ ކުއްޖަކަށް އާންމުންގެ އެހީތެރިކަން ބޭނުންވެއްޖެ

ލޭގެ ކެންސަރު ޖެހިފައިވާ އުމުރުން އެންމެ 4 އަހަރުގެ ކުއްޖަކަށް އާންމުންގެ އެހީތެރިކަން ބޭނުންވެއްޖެ

މ. މުއްޔަށް އުފަން އުމުރުން އެންމެ 4 އަހަރުގެ ނޯއީ އަހްމަދު އަންނަނީ ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "އެކިއުޓް ލިމްފޮބްލާސްޓިކް ލުކީމިއާ" އަށް ފަރުވާ ހޯދަމުންނެވެ.

ނޯއީގެ ބައްޕަ ކިޔައިދިން ގޮތުގައި، ނޯއީއަކީ ވަރަށް ގިނައިން ބަލިވާ ކުއްޖެކެވެ. މިދިޔަ އޭޕްރިލް މަހު މާލެ ގޮސް އައިޖީއެމްއެޗަށް ދެއްކުމުން، ލޭގެ ވައިޓް ބްލަޑް ސެލްސް މަތިވެފައިވާތީ ވަގުތުން އެޑްމިޓްކޮށް، ފަރުވާއަށް އިންޑިއާއަށް ދާން ޑޮކްޓަރުން ލަފާދެއްވިއެވެ.

ނޯއީއަށް މިހާރު ފަރުވާ ދެމުންދަނީ އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައެވެ. ފަރުވާގެ ފުރަތަމަ މަރުހަލާގައި ހަ މަސް ދުވަސް ވަންދެން ކީމޯ ތެރަޕީ ދޭންޖެހޭއިރު، އޭގެ ފަހުން ވެސް ފަސް އަހަރު ވަންދެން ގަވާއިދުން ޗެކަޕް ހަދަން ޖެހޭނެ ކަމަށް އާއިލާއިން ބުނެއެވެ.

ނޯއީގެ ބައްޔަށް އާސަންދަ ހަމަޖެހިފައިވީ ނަމަވެސް، އިންޑިއާގައި ދިގު މުއްދަތަކަށް ހުންނަން ޖެހޭތީ ކެއިންބުއިމާއި ހުރުމުގެ ޚަރަދުތަކަށް އާއިލާއަށް ވަނީ މާލީ އެހީތެރިކަން ބޭނުންވެފައެވެ.

ނޯއީގެ ފަރުވާއަށް އެހީވެދެއްވުމަށް:

ގުޅޭނެ ނަންބަރު: 9513011 / +91 9744552503 އަހްމަދު އަރުޝަމް (ބައްޕަ)

9573011 / +91 7356349207 ވަހުދާ ހަމީދު (މަންމަ)

9781122/ +91 9895064694 ފާތިމަތު މައީޝާ (ބޮޑުދައިތަ)

ބީއެމްއެލް ދިވެހި ރުފިޔާ: 7770000012533 ‏‏ފާތިމަތު މައީޝާ

ބީއެމްއެލް ޑޮލަރު: 7730000220837 ‏‏ފާތިމަތު މައީޝާ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *