50 މިލިއަން ޑޮލަރުގެ ލޯނު ދައްކައި، 40 ދުވަހުން 974 މިލިއަން ޑޮލަރު ޚަލާސްކޮށްފިން: ރައީސް

50 މިލިއަން ޑޮލަރުގެ ލޯނު ދައްކައި، 40 ދުވަހުން 974 މިލިއަން ޑޮލަރު ޚަލާސްކޮށްފިން: ރައީސް

މިދިޔަ ސަރުކާރުން އިންޑިއާއިން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނެއް މިއަދު އަނބުރާ ދައްކައި، ފާއިތުވި 40 ދުވަހުގެ ތެރޭގައި ޖުމްލަ 974 މިލިއަން ޑޮލަރުގެ ދަރަނި ޚަލާސްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ "މިއަދަށް ޑިއުވެފައި އޮތް 50 މިލިއަން ޑޮލަރުގެ ލޯނުވެސް އަޅުގަނޑުމެން މިއަދު ކްލިއާކޮށްފިން" ކަމަށެވެ.

ފާއިތުވި 40 ދުވަހުގެ ތެރޭގައި ދެއްކި ދަރަނީގެ ތެރޭގައި ހިމެނެނީ 2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކާއި ފައިދާގެ ރޭޓަށްވާ 24 މިލިއަން ޑޮލަރާ އެކު ޖުމްލަ 524 މިލިއަން ޑޮލަރާއި، ރިޒާވް ބޭންކް އޮފް އިންޑިއާ އިން 2024 ވަނަ އަހަރު ނެގި 400 މިލިއަން ޑޮލަރުގެ ލޯނާއި، އިންޑިއާގެ 50 މިލިއަން ޑޮލަރެވެ.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން އިންޑިއާއިން 50 މިލިއަން ޑޮލަރުގެ ލޯނު ނެގި ކަމަށާއި، އެ ލޯނުތައް ރޯލް އޯވާ ކުރަމުން ދިޔަ ކަމަށެވެ. އެ ގޮތުން މާޗް 17، ޖޫން 26 އަދި އޮކްޓޫބަރު 1، 2019 ގައި ވަކިވަކިން 50 މިލިއަން ޑޮލަރު ނަގާފައިވެ އެވެ.

މި 150 މިލިއަން ޑޮލަރުގެ ތެރެއިން ފުރަތަމަ 50 މިލިއަން ޖެނުއަރީ 7، 2024 ގައި ދައްކާފައިވާއިރު، ދެވަނަ 50 މިލިއަން ދެއްކީ މިއަދު އެވެ. ބާކީ އޮތް 50 މިލިއަން ޑޮލަރު ދައްކަންޖެހެނީ މި އަހަރުގެ ސެޕްޓެމްބަރު 17 ވަނަ ދުވަހު ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *