މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއާތަށް މިދިޔަ މާރިޗު މަހުން ފެށިގެން މިހާތަނަށް 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ސަރުކާރުން އެ ސިނާއަތަށް އެހީތެރިވުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްގޭމް) އިން ގޮވާލައިފިއެވެ.
އެ ދެ ޖަމިއްޔާއިން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން މުޅި ގައުމީ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާކަމަށެވެ. މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، މިއީ ވަޒީފާތަކަށާއި ބޭރު ފައިސާ ލިބޭ މިންވަރަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވަނީ ބުނެފައެވެ.
"މުހިންމު މާކެޓުތަކުން ކުރިއަށް ހުރި ދުވަސްތަކަށް ހަދާފައިވާ ބުކިންތައް މަދުވުމާއި، ކެންސަލްކުރާ މިންވަރު އިތުރުވުމަކީ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. ހާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ އިގްތިސޯދުގެ މައިބަދަ ކަމުގައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ގެސްޓްހައުސްތަކާއި، ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނަށް މިކަމުގެ ސަބަބުން މާލީ އަދި ހިންގުމުގެ ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާންޖެހިފައި.މި މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ަގިނަ ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންސީތައް ބަނގުރޫޓުވެ، ވިޔަފާރިތައް އެއްކޮށް ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު އެބައޮތް." ބަޔާނުގައި ބުނެފައިވެއެވެ.
ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކާއި މާލީ އިދާރާތަކުން ވަގުތުން ވަގުތަށް ފިޔަވަޅުތަކެއް އެޅުމަށް މަޓާޓޯ އަދި އެންއެޗްގޭމް އިން ވަނީ ގޮވާލާފައިވެއެވެ. އެގޮތުން އާންމު ބޭންކިން ނިޒާމުގެ ތެރެއިން ލޯނު ހޯދުމަށް ދަތިވެފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ގެސްޓްހައުސްތަކަށް ހާއްސަ ލޯނު ފެސިލިޓީތަކާއި އިމަޖެންސީ ފައިނޭންސިން ސްކީމްތައް ތައާރަފުކުރުމަށް އެދިފައިވެއެވެ.
އަދި ވިޔަފާރިތައް ސަލާމަތްކުރުމަށްޓަކައި ލޯނުތައް ފަސްކޮށްދިނުމާއި، ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް އެހީތެރިވުމާއި، ޓެކްސް ދެއްކުން ފަސްކޮށްދިނުމުގެ އިތުރުން އެކި ފީތައް މައާފުކޮށްދިނުމަށް ވެސް އެދިފައިވެއެވެ.
"ވިޔަފާރިތައް ހިންގުމަށް ހިނގާ ހަރަދުތައް ކުޑަކުރުމަށްޓަކައި އެއާޕޯޓުގެ ތެލުގެ އަގުތަކަށް ބަދަލު ގެނައުމަށް އެދެން. އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް އިންތިހާއަށް އުފުލެމުންދާތީ އެކަމަށް ލުޔެއް ހޯދައިދިނުމަށް ވެސް އެދެން. މިއީ ވަޒީފާތަކުގައި މީހުން ދެމެހެއްޓުމަށާއި ވިޔަފާރިތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންތެރި ކަންތައްތަކެއް." ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މީގެ ކުރިންވެސް ބައިނަލްއަގްވާމީ ބޮޑެތި ކާރިސާތަކާ ކާމިޔާބުކަމާއެކު ކުރިމަތިލައި، އަރައިގަނެފައިވާ ސިނާއަތެއްކަން ކަމަށް އެ ޖަމިއްޔާތަކުން ފާހަގަކޮށްފައިވެއެވެ. އަދި މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަތުމަށްވެސް އެންމެން ގުޅިގެން އަވަސް





