ބުރަކޮށް އުޅޭ މީހުންނަށް، ބަރުދަން ލުއިކުރުމަކީ ބައެއް ފަހަރު ވަރަށް އުނދަގޫ އަދި ވަގުތު ނަގާލާ ކަމެއްގެ ގޮތުގައި އިހުސާސް ކުރެވިދާނެއެވެ. ނަމަވެސް، ހަގީގަތަކީ ބަރުދަން ލުއިކުރުމަކީ ކޮންމެހެން ގަޑިތަކެއް ވަންދެން ޖިމްގައި ހޭދަކުރަންޖެހޭ ކަމެއް ނޫނެވެ.
އާންމު ދިރިއުޅުމަށް ގެނެވޭ ކުދިކުދި ބަދަލުތަކަކުންވެސް ބޮޑެތި ނަތީޖާތަކެއް ފެނިދާނެއެވެ. ތިރީގައި މިވަނީ ބުރަކޮށް އުޅުއްވާ ބޭފުޅުންނަށް ފަސޭހައިން ބަރުދަން ލުއިކޮށްލުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.
މިއީ އެންމެ ފަސޭހަ އަދި އެންމެ ފައިދާހުރި އެއް ގޮތެވެ. ކެއުމުގެ 30 މިނެޓު ކުރިން ފެން ތަށްޓެއް ބޯލުމަކީ ބަނޑުފުރޭ މިންވަރު އަވަސްކޮށްދީ، ކެވޭ މިންވަރު މަދުކޮށްދޭ ކަމެކެވެ. މީގެ އިތުރުން، ފޮނި ބުއިންތަކާއި އެނާޖީ ޑްރިންކްސްގެ ބަދަލުގައި ފެން ބޭނުންކުރުމުން އެތައް ކެލަރީއެއް ސަލާމަތް ކުރެވޭނެއެވެ.
އަޅުގަނޑުމެން އާންމުކޮށް ކާން ބޭނުންކުރާ ތަށި ކުޑަކޮށްލުމުން، ތަށީގައި ހުންނަ ކާތަކެތީގެ މިންވަރު ގިނަ ކަމަށް ސިކުނޑިއަށް އިހުސާސް ކުރެވެއެވެ. މިއީ މާ ގިނައިން ކެވުނަ ނުދިނުމަށް އެހީތެރިވެދޭ "ސައިކޮލޮޖިކަލް" އުކުޅެކެވެ.
ކަސްރަތު ކުރާނެ ވަގުތެއް ނެތް ނަމަ، ދުވާލުގެ މަސައްކަތުގެ ތެރެއިން ހަރަކާތްތެރިވާ މިންވަރު އިތުރު ކުރާށެވެ.
* ލިފްޓުގެ ބަދަލުގައި ސިޑި ބޭނުން ކުރުން
* ފޯނެއްގައި ހުންނައިރު ކޮޅަށް ހުރެގެން ނުވަތަ ހިނގަމުން ވާހަކަ ދެއްކުން
* އޮފީހުގައި އިންނައިރު ކޮންމެ ގަޑިއަކު އެއްފަހަރު ތެދުވެ ކުޑަކޮށް ހިނގާލުން
ހެނދުނުގެ ނާސްތާގައި ނުވަތަ މެންދުރުގެ ކެއުމުގައި ޕްރޮޓީން (މަސް، ބިސް، ތަރުކާރީ) ހިމެނުމުން ބަނޑުހައިވާ މިންވަރު ކުޑަވެއެވެ. މީގެ ސަބަބުން ކެއުމުގެ ދޭތެރޭގައި އެކި ކަހަލަ "ސްނެކްސް" ކެއުމަށް ހުންނަ ފުރުސަތު ކުޑަވެގެންދެއެވެ.
ބަރުދަން އިތުރުވާ އެންމެ ބޮޑު އެއް ސަބަބަކީ ނިދި މަދުވުމެވެ. ނިދި މަދުވުމުން ހަށިގަނޑުގައި ބަނޑުހައިވާ ހޯމޯންތައް އިތުރުވެ، ފޮނި އެއްޗިއްސަށް ހުންނަ ޝައުގުވެރިކަން ބޮޑުވެއެވެ. އެހެންކަމުން، ކޮންމެ ރެއަކު ވެސް މަދުވެގެން 7 ގަޑިއިރު ނިދޭތޯ ބަލާށެވެ.
ބަރުދަން ލުއިކުރުމަކީ އެއްދުވަހުން ނުވަތަ ދެދުވަހުން ވާނެ ކަމެއް ނޫނެވެ. މުހިންމީ ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ކުދިކުދި އާދަތައް އަށަގެންނެވުމެވެ.





