މުޒާހަރާ ކުރަނީ މި ޕާޓީން އިސްނަގައިގެން ނޫން: ޕީއެންއެފް

މުޒާހަރާ ކުރަނީ މި ޕާޓީން އިސްނަގައިގެން ނޫން: ޕީއެންއެފް

ސިލްސިލާކޮށް ކޮންމެ ރެއަކު މާލޭގައި އާޓިފިޝަލް ބީޗުން ޕީއެންސީގެ އޮފީސް ކައިރީގައި މުޒާހަރާތައް ބާއްވަނީ ޕީއެންއެފުން ނޫން ކަަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އީސީ އިން ވަނީ ގާނޫނީ އިމުގެ ތެރޭގައި ހިންގަންޖެހޭ ހަރަކާތްތައް ތަކުރާރުކޮށް ގާނޫނާ ހިލާފަށް ހިންގަމުންދާ ކަމަށް ބުނެ ޕީއެންއެފަށް ރަސްމީ އިންޒާރެއް ދީފަ އެވެ.

ނަމަވެސް ޕީއެންއެފުން ވަނީ މި ހަރަކާތްތަކަކީ ޕާޓީ ރަސްމީ ގޮތުން ރާވައިގެން ހިންގާ ހަރަކާތްތަކެއް ނޫން ކަމަށް ބުނެ، ދިން އިންޒާރަށް ރަސްމީ ސިޓީ ފޮނުވައި ރައްދު ދީފަ އެވެ. ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ކުރީގެ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ޕީއެންއެފަށް ތާއިދުކުރާ ފަރާތްތަކުން ހިންގާ ހަރަކާތްތަކަށް ޕާޓީ ހުރަސް ނާޅާނެ ކަމަށެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ، ޕީއެންއެފްއިން ހިންގާ ހަރަކާތްތަކެއް ނޫން ކަމަށް ބުނި ނަމަވެސް، ހަރަކާތްތަކުގެ ބައިވެރިން ތިބެނީ ޕީއެންއެފްގެ ދިދަ ހިފައިގެން ކަމަށްވުމާއި، ހަރަކާތްތައް ބޭނުންވާ ތަކެތި ވައްދަނީ ޕީއެންއެފް އޮފީހަށް ކަމަށްވުމާއި، ޕާޓީގެ ބައެއް އިސްވެރިން ވެސް ހަރަކާތުގައި ބައިވެރިވެ ވާހަކަ ދައްކަވާ ކަމެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ މިއަދު، ޕީއެންއެފުން ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނާ ތަކުރާރުކޮށް ހިލާފުވަމުންދާ ކަމަށް ތުހުމަތު ކޮށް، ފިޔަވަޅު އަޅަން ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *