ސިޓީ އަދި އެވަޓަން މެޗު އެއްވަރު؛ ހުރިހާ މޮޅެއް އާސެނަލްއަށް

ސިޓީ އަދި އެވަޓަން މެޗު އެއްވަރު؛ ހުރިހާ މޮޅެއް އާސެނަލްއަށް

ރޭ ކުޅުނު ޕްރިމިއާ ލީގު މެޗުގައި މެންޗެސްޓާ ސިޓީ، އެވަޓަންއާ 3-3 އިން އެއްވަރުވުމާ ގުޅިގެން، ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލަށް ފަސް ޕޮއިންޓުގެ ލީޑެއް ލިބިއްޖެ އެވެ.

35 މެޗުން 76 ޕޮއިންޓް ލިބިގެން ތާވަލުގެ ކުރީގައި ދުވަމުންދާ އާސެނަލާ ހިލާފަށް، ސިޓީ އަށް ލިބިފައިވަނީ 34 މެޗުން 71 ޕޮއިންޓެވެ. ސިޓީ ކުޅެންޖެހޭ ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ވެސް، ތާވަލު ހަމަވާ ހިނދު، ދެ ޕޮއިންޓުގެ ފަރަގެއް ދެ ޓީމުގެ ދެމެދުގައި ހުންނާނެ ކަމަށްވާތީ، ލީގު ދިފާއުކުރުމަށް ސިޓީ އަށް ވަނީ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

ލިވަޕޫލްގެ ހިލް ޑިކިންސަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ފުރަތަމަ ހާފު ހަމަވުމުގެ ދެ މިނިޓް ކުރިން ޖެރެމީ ޑޮކޫ ޖެހި ގޯލުން ސިޓީ ލީޑު ނެގި އެވެ.

ދެ ވަނަ ހާފުގައި، ތިން ގޯލު 13 ދަގަނޑެއްހާ ވަގުތު ތެރޭ ވަދެ، ސިޓީ ބޮޑު ގޯނާއެއްގެ ތެރެއަށް ވެއްޓުނެވެ. 68 ވަނަ މިނިޓްގައި ސިޓީގެ ޑިފެންޑަރ މާކް ގޭހީ ހެދި ގޯހެއްގެ ފައިދާ ނަގައި، ތިއާނޯ ބެރީ ލަނޑު ޖެހިތާ ފަސް ވަގުތެއްގެ ތެރޭ، ޖޭކް އޯބްރަޔަން ބޮލުން ގޯލެއް ކާމިޔާބުކޮށް، 73 ވަނަ މިނިޓްގައި އެވަޓަން ލީޑު ނެގި އެވެ. 81 ވަނަ މިނިޓްގައި ބެރީ ދެ ވަނަ ލަނޑު ޖެހުމާ ހިލާފަށް، ސިޓީ ކުރިއަށް ނޭނބުނެ ދޫކޮށެއް ނުލި އެވެ.

83 ވަނަ މިނިޓްގައި ހާލަންޑް ލަނޑު ޖަހައި ފަރަގު ކުޑަކުރި ފަހުން، ސިޓީ ހަމަހަމަ ކުރި ގޯލު ، ޑޮކޫ ޖެހީ، ރެފްރީ ވަގުތު ހަމަވި ފަހުން ދިން 7 ވަނަ މިނިޓްގަ އެވެ.

ހިތިގޮތަކަށް ދެ ޕޮއިންޓް ގެއްލިދިއަ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، ލީގު ހޯދުމުގެ ބާރު ތިމަންނާމެންގެ އަތުން ދިއުން ހިތާމަވެރި ކަމަށާއި، ނަމަވެސް ފަހުވަގުތާ ހަމައަށް ހިތްވަރާ ހެދި ކުޅިވަރުދައްކާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *