ކައިވެނި ހަފްލާއެއްގައި މާބާރަށް މިއުޒިކް ޖެހުމުން ހާޓް އެޓޭކް ޖެހިގެން 140 ކުކުޅު މަރުވެއްޖެ

ކައިވެނި ހަފްލާއެއްގައި މާބާރަށް މިއުޒިކް ޖެހުމުން ހާޓް އެޓޭކް ޖެހިގެން 140 ކުކުޅު މަރުވެއްޖެ

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ސުލްތާންޕޫރުގައި އާދަޔާ ހިލާފު ހާދިސާއެއް ހިނގައިފިއެވެ.

ކައިވެނި ހަފްލާއެއްގެ ތެރޭގައި ޖެހި ބާރުގަދަ ޑީޖޭ މިއުޒިކެއްގެ ސަބަބުން، ކުކުޅު ފާމެއްގައި ތިބި 140 ކުކުޅު ބިރުގަނެ، ހާޓް އެޓޭކް ޖެހިގެން މަރުވެފައިވާ ކަމަށް އެ ފާމްގެ ވެރިޔާ ވަނީ ރިޕޯޓް ކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ 25 އެޕްރީލް 2026 ވީ ހޮނިހިރު ދުވަހުގެ ރޭ، އުއްތަރަ ޕްރަދޭޝްގެ ސުލްތާންޕޫރު ޑިސްޓްރިކްޓްގެ ދަރިޔާޕޫރު އަވަށުގައެވެ.

ފާމްގެ ވެރިޔާ ސާބިރު އަލީ ބުނި ގޮތުގައި، އެރޭ ގާތްގަނޑަކަށް 9:30 ހާއިރު ކައިވެނި ހަފްލާއެއްގެ މިއުޒިކު ޖަހަމުން ދިޔަ ގާޑިޔަލެއް އޭނާގެ ފާމް ކައިރިން ދިޔައެވެ. މި ގާޑިޔާގައި ހުރި ސްޕީކަރު ތަކުން އާދަޔާ ހިލާފަށް ބާރަށް ލަވަ ޖަހަމުން ދިއުމުގެ ސަބަބުން، ފާމްގައި ތިބި ކުކުޅުތައް ބިރުގަނެ، ހާސްވެގެން އެއްގަލަކަށް ޖަމާވާން ފެށިއެވެ.

މިއުޒިކްގެ އަޑު މަޑުކުރުމަށް އެދުމުންވެސް ޑީޖޭ އޮޕަރޭޓަރު އެކަމަށް އިޖާބަ ނުދިން ކަމަށް ސާބިރު ތުހުމަތު ކުރެއެވެ. މިއުޒިކް ގާޑިޔާ ދިޔަތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި 140 ކުކުޅު މަރުވެފައިވާކަން އޭނާއަށް ފާހަގަ ކުރެވުނެވެ.

ކުކުޅުތަކުގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި، އެ އެއްޗެހި މަރުވީ ބާރުގަދަ އަޑުގެ ސަބަބުން އުފެދުނު ބޮޑު "ސްޓްރެސް" އެއްގެ ސަބަބުން ހިތް ހުއްޓިގެންނެވެ. ވެޓެރިނަރީ މާހިރުން ހާމަކުރާ ގޮތުގައި ކުކުޅަކީ އަޑަށް ވަރަށް ނާޒުކު ސޫތްޕެކެވެ.

މި މައްސަލައިގައި ސާބިރު އަލީ ފުލުހަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން، ޑީޖޭ އޮޕަރޭޓަރު ކަވީ ޔާދަވްއާ ދެކޮޅަށް ފުލުހުން ވަނީ މައްސަލަ ރަޖިސްޓްރީކޮށް ތަހުގީގު ފަށާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *